ހޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސިލްވެސްޓަރ ސްޓެލޯން މަރުވެއްޖެކަމަށް ބުނެ ފަތުރަމުންދާ ފޭކް ޚަބަރު ތަކަށް ސްޓެލޯން އާއި އޭނާގެ ޢާއިލާއިން ވަރުގަދަ ރައްދެއް ދީފި އެވެ.

މީސްމީޑިޔާ ގެ ބައެއް ވަސީލަތްތަކުގައި އިއްޔެ އާއި އަދި އޭގެ ކުރިންވެސް ސިލްވެސްޓަރ ސްޓެލޯން މަރުވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާއި މެދު ސިލްވެސްޓަރ ސްޓެލޯން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

‘މި ހަމަނުޖެހޭ ކަންކަމަށް އެހާބޮޑު ސަމާލުކަމެއް ނުދިނުން އެދެން.’ އިއްޔެ (19 ފެބްރުއަރީ 2018 ހޯމަ ދުވަހު) ސިލްވެސްޓަރ ސްޓެލޯން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. ‘ހަމަ ގަދަވެ ސަލާމަތުން އުފަލުގަ ދިރިއެބަހުރިން އަދި އަހަރެން ސިއްހަތުވެސް ރަނގަޅު.’

ސްޓެލޯންގެ ބޮލުން އިސްތަށި ފައިބާފައިވާ ފޮޓޯތަކަކާާއި އެކު ފެންމަތިވެފައިވާ ފޮޓޯ ތަކާއި އޭނާގެ މަރުގެ ޚަބަރާއި މެދު އޭނާ ބުނީ އެއީ އޭނާ ކުޅެފައިވާ ކޮންމެވެސް ފިލްމެއްގެ މަންޒަރުތަކެއް ކަމަށެވެ.

ސްޓެލޯންގެ ހަގަށް ހުންނަ ފިރިހެން ކޮއްކޮ ފްރޭންކް ސްޓެލޯން ވެސް ވަނީ ފެތުރެމުންދާ ފޭކް ޚަބަރަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

“އަހަރެންގެ ބޭބެ މަރުވެއްޖެ ކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ދޮގެއް.” މިމަހުގެ 19 ވީ ހޯމަ ދުވަހު ފްރޭންކް ސްޓެލޯން ކޮށްފައިވާ ޓްވީޓެއްގައި ބުންޏެވެ.

ސްޓެލޯން މަޝްހޫރުވެފައި ވަނީ ‘ރާމްބޯ’ ފިލްމުން ނެވެ. ސްޓެލޯންގެ “ރާމްބޯ” އަކީ 1982 ގައި ރިލީޒް ކުރި ފިލްމެކެވެ. މިއީ ލިޔުންތެރިޔާ ޑޭވިޑް މޮރެލްގެ “ފަސްޓް ބްލަޑް” އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.