އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށް ޑާކްރެއިން އެންޓަޓެއިންމެންޓުން މާޗް 05 ގައި ރިލީޒްކުރާ ފިލްމު ‘ވަކިން ލޯބިން’ ގެ ޓީވީ އިޝްތިހާރެއް ނެރެފި އެވެ.

މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ. 

“ވަކިން ލޯބިން” ގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

މި ފިލްމަކީ ޑާކް ރެއިން އެންޓަރޓެއިންމެންޓުން އަންނަ އަހަރު ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމްތަކުގެ ތެރެއިން ރިލީޒް ކުރާނެ ފުރަތަމަ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.