މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ކުރިން ގެނެސްދިން ‘ހާދިސާ ހާދިސާ’ ޝޯވގެ ދެވަނަ ސީޒަންގައި ގެނެސްދިން ދެވަނަ އެޕިސޯޑް “ދަންމަޅި” މުނިއަވަސް ޓިކްޓޮކްގައި އާއްމުކޮށްފިއެވެ.

ހާދިސާގެ ސީންތަކާ ގުޅޭ މަންޒަރާއެކު ގެނެސްދީފައިވާ މި ވީޑިއޯއަށް ޓިކްޓޮކްގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދީފައިވާ ވާހަކަތަކާ ޑްރާމާ ފަދަ ބައެއް ކޮންޓެންޓްތައް ޓިކްޓޮކްގައި އާއްމުކުރަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާކަން ފާހަގަކޮށްލަމެވެ.

މިގޮތަށް މުުނިއަވަސް ކްލަބްހައުސް އިން އުފައްދާފައިވާ ކޮންޓެންޓްތައް ގެނެސްދިނުމުގެ އިތުރުން ޓިކްޓޮކް ލައިވް މެދުވެރިކޮށް މުނިއަވަސް އިން އުފައްދާފައިހުރި ބައެއް ވާހަކަތަކާއި ސިލްސިލާ ވާހަކަތައްވެސް ގެނެސްދީފައިވެއެވެ.

ހަމަ އެހެންމެ މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ލަވަ ރިކްއެސްޓް ޝޯވގެ ބައެއް އެޕިސޯޑްތައްވެސް ލައިވްކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.