ދިވެހީންގެ ފިލްމީ މަސައްކަތުގެ ކޮލިޓީ ދައްކައިލި ވަރުގަދަ ވެބް ސީރީޒް “ދަރަކަ” އުފެއްދި ހުނަރުވެރި ޑައިރެކްޓަރ އަޒްހާން އިބްރާހީމްގެ ލޯބީގެ އަސަރުގަދަ ފިލްމް “މީ އިޝްޤް“ގެ ޝޫޓީންގ މެއި މަހުގެ 08ގައި ފަށައިފި އެވެ.
ފިލްމް “މީ އިޝްޤް” ލޯންޗްކުރީ މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު އެވެ. “މީ އިޝްޤް“ގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާގޮތުން މިއީ ބެލުންތެރިން ރޮއްވައިލާނެ ފިލްމެކެވެ.
ފިލްމް “މީ އިޝްޤް“ގެ ލީޑް ކުޅެނީ މިހާރު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ދެތަރިން ކަމަށްވާ ޝަރަފް އަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ. މި ދެތަރިންގެ އިތުރުންވެސް އިތުރު ފަންނާނުން މި ފިލްމުން ފެނިގެން ދާނެއެވެ.
އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމު “މީ އިޝްޤް“ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ލީނާޒް ހުސައިނެވެ. ފިލްމުގެ މިޔުޒިކް ހަދާނީ ޝަހީދު ލިގެސީއެވެ. މި ފިލްމުގެ ޝޫޓިންގެ 70 އިންސައްތަ ކުރިއަށް ދަނީ މާފުށީގައެވެ. އަދި ބާކީ ބައި ކުރިއަށް ދާނީ މާލޭގައެވެ.
މިއީ އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ތައްޔާރުކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި
- 13 ސެޕްޓެމްބަރ 2024ޚަބަރު“ކަމަނާ” ގެ ވަދާޢީ ފަސް ޝޯގެ ޓިކެޓް ވިއްކަން ފަށައިފި