އެސްޕްރޮޑަކްޝަންސް އަދި ސެޓާރން ސްޓޫޑިއޯގެ ވަރުގަދަ ލޯބީގެ ފިލްމު “ލޯބިވެވިއްޖެ”ގެ ވަދާޢީ ދެ ޝޯވ އަންނަ ޖޫން މަހުގެ ފުރަތަމަ ދެ ދުވަހު ދައްކަން ނިންމާފައިވާ ކަމަށް އެސްޕްރޮޑަކްޝަންސް އިން ބުނެފިއެވެ. މިމަހު 03 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަން ފެށި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެއެވެ.
ފިލްމު “ލޯބިވެވިއްޖެ”ގެ ގިނަ ޝޯތަކެއް މިހާތަނަށް ހައުސްފުލްކޮށް ދައްކާފައިވާއިރު އަތޮޅުތެރޭގެ ތިން ރަށެއްގައި ވެސް މި ފިލްމު ދައްކާފައިވެ އެވެ. އޮލިމްޕަސް ސިނަމާގައި ފިލްމުގެ ވަދާއީ ޝޯތައް ބޭއްވިޔަސް އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައި ވެސް މި ފިލްމު އަޅުވަން ބޭނުންނަމަ 7458800 ގުޅުމަށް ފިލްމުގެ ޕްރޮޑިއުސަރުން އެދެއެވެ.
ފިލްމު “ލޯބިވެވިއްޖެ”ގެ ޝޯތަކެއް އަތޮޅުތެރޭގައި އަންނަ ޖޫން މަހު ދެއްކުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން:
🎥 08 ޖޫން 2023 – ބ. ދަރަވަންދޫ، ވ. ފުލިދޫ، ހދ. ހަނިމާދޫ އަދި ޏ. ފުވައްމުލައް
🎥 10 ޖޫން 2023 – ގއ. ކަނޑުހުޅުދޫ
🎥 16 ޖޫން 2023 – ލ. މާބައިދޫ ހިމެނެ އެވެ. މި ރަށްތަކުގެ ފިލްމު ޑިސްޓްރިބިއުޓަރުންނާ ގުޅޭނެ ނަންބަރުތައްވެސް ވަނީ އާއްމުކޮށްފައެވެ.






“ލޯބިވެވިއްޖެ” އަކީރާއްޖޭގެ ނަން މަޝްހޫރު ގިނަ ސީނިއާ އެކްޓަރުންތަކެއް ލީޑުން ފެންނަ ފިލްމެކެވެ. އެގޮތުން ލީޑްގައި މިވަގުތު އެންމެ އަލިގަދަކޮށް ވިދަމުން އަންނަ ޢަލީ ސީޒަން، މަރްޔަމް ރިޝްފާ، ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިބްރާހީމް ޝާފިޢު (ފުބޫ)، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު) ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ. އަދި މި ފިލްމުގެ ޚާއްސަ ރޯލަކުން ރާއްޖޭގެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެކްޓަރު އަހްމަދު ނިމާލް ވެސް ފެނެއެވެ.
އަޙްމަދު ޒަރީރު ސްކްރީންޕްލޭ ލިޔުނު މި ފިލްމު ޑައިރެކްޓްކުރީ ޢަލީ ސީޒަން އެވެ. ފިލްމު “ލޯބިވެވިއްޖެ”ގެ ދެވަނަ ބައެއް އަންނާނެ ކަންވެސް ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފައިވެއެވެ.
ޝާއިޢުކުރީ: އަޙްމަދު ރަޝީދު | ރިވިއު ކުރީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު