ނޭވާ ހިފަހައްޓާލައިގެން އެ ފިލްމެއް ރިލީޒްކުރާނެ ވަގުތަކަށް އިންތިޒާރުކުރަމުން އަންނަ ފިލްމު “ނީނާ”ގެ މެއިން ޓްރެއިލާ މިމަހު 15ގައި ނެރޭނެ ކަމަށް އައި ފިލްމްސް އިން ބުނެފިއެވެ.
އަންނަ މަހު ހައެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު “ނީނާ” އަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާނެ ފިލްމެކެވެ.
ނުޒުހަތު ޝުޢައިބް ،ޝަރަފް ޢަބްދުﷲ، ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާގެ އިތުރުންވެސް ފާހަގަކޮށްލެވޭ އިތުރު ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ހަމްދޫން ފާރޫޤް (އައްކި)ގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދާނެ އެވެ.
އައިފިލްމްސް އިން އުފެއްދި އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗަރ ފިލްމު “ބަވަތި“ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ކެމެރާކުރީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހެދީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހެދީ އޯކޭޒް އިންކް ގެ ސާމީ އެވެ. މޭކަޕް ހަދައިދިނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.
ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު