ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އެކްޓަރު ޝާހް ރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު “ޖަވާން”ގެ ޓީޒާ އިން ޝާހް ރުކް ޚާންގެ ތަފާތު ލުކެއް ދައްކާލައިފި އެވެ. ޝާހްގެ ގިނަ ލުކްސްތަކެއް ފެނިގެންދާ މި ޓީޒާއިން އެންމެ ބޮޑަށް އަޅައިގަތީ ތުނބުޅިއާއި މަތިމަސް ނުރަކޮށް ހުންނައިރު ތަލަކޮށް ޝާހް ފެންނަ މަންޒަރުންނެވެ.

ދެ މިނެޓާއި 13 ސިކުންތުގެ މި ޓީޒާގައި ޝާހް ފެންނަނީ މީގެ ކުރިން ފިލްމެއްގައި އޭނާ ނުފެންނަ ގޮތަށެވެ. “ޖަވާން” ގައި ޝާހް ހަ ސިފައެއްގައި ފެންނާނެ ކަމަށް ބޮލީވުޑްގެ މަސްދަރުތައް ބުނެއެވެ. ފިލްމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އެކި އެކި މަޝްހޫރު ސްޓާރުންގެ ކެމިއޯ މަންޒަރުތައް އިތުރުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތުލިބެ އެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާއެކު ލީޑު ރޯލުތަކުން ފެންނާނީ، ދެކުނުގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ، ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. މީގެ އިތުރުން ޚާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.