“ޒަޚަމްކޮށްލާފަ ދޫކޮށްލައިފިއްޔާ އަނބުރާ އައިސް ދޭ ލަގާ މާ ބޮޑުވާނެ….. ނީނާ ތީ އޭގެ މިސާލެއް. މަރަންޏާ މަރާ!!!” ފިލްމު “ލޭކަރުނަ” އަދި “އިތުބާރު” ފަދަ ފިލްމުތަކުގެ ލީޑްކުޅުނު ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ ނުޒޫއަށް ހިތްވަރުދެމުން ބުނެލައެވެ.
ފިލްމުން ފެންނާނެ ގްލެމާރ މޭކަޕްތަކާއި ސްޕެޝަލް އިފެކްޓް މޭކަޕްތައް ހެދީ، ފިލްމު “ބަވަތި“ގެ ކާސްޓުންގެ މޭކަޕްވެސް ހެދި ޒުވާން މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދު އެވެ. ފިލްމު “ނީނާ“އަކީ ވަރުގަދަ ފިލްމަކަށް ހެދުމަށްޓަކައި ޓެކްނިކަލް އެހީތެރިކަން ދިނީ މުނޯ، ޒިއްޕެ އަދި ޙުސައިން އެވެ. ފިލްމެއްގެ ހައިބަތު އިތުރުކުރުމަށް ފިލްމުގެ ބެކް މިއުޒިކަކީ ކިހާ މުހިންމު އެއްޗެއްކަން މިއީ އެންމެންވެސް ދަންނަ ކަމެކެވެ. މިފަހަރު އައިފިލްމްސްގެ ފީޗާ ފިލްމު “ނީނާ“ގެ މިއުޒިކް ހެދީ އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ ޝަހީދު ލިގެސީ އެވެ.
ރާއްޖޭގައި މިހައިތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން މާސްޓާ ޕީސް ފިލްމު “ފަތިސްހަނދުވަރު” ކެމެރާކުރި، އިބްރާހީމް ވިސާން (ކަނޑި)ގެ ކެމެރާކުރުމުގެ ކޮލިޓީ ހުނަރުތައް މި ފިލްމުންވެސް ފެނިގެންދާނެ އެވެ. ފިލްމު “ބަވަތި“ން ހައިރާންކުރުވަނިވި ތަފާތު، މޮޅު މަންޒަރުތަކެއް ގެނެސްދިނުމުގެ ފަހަތުގައި ތިބި އޯކޭޒް އިންކްގެ ޓީމަކީ މި ފިލްމުގެވެސް ޕޯސްޓް ޕްރޮޑަކްޝަން، އެޑިޓިން އަދި ވިޒުއަލްސް ހެދި ޓީމެވެ. ވަކީން ޚާއްޞަކޮށް އޯކޭޒް އިންކްގެ ސާމީ އަކީ މިކަންކަމުގެ އިސް މޭސްތިރިއެވެ.
ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައިި ތާތި އާދަމް ހަރަކާތްތެރިވި މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރަކީ އަޙްމަދު އިފްނާޒް ފިރާޤް އެވެ. އާސިމް ޢަލީ، އަޙްމަދު ވަހީދު، އިލްޔާސް ވަހީދު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ސްކްރީންޕްލޭ އަދި ޑައިރެކްޝަން ހެދީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
ފިލްމު “ނީނާ“ގެ ޓްރެއިލާ ރިލީޒްކުރި ޚަބަރު، ތަފާތު ވާހަކަތަކަކުން މި ފެށީ ސަބަބެއް އޮވެގެންނެވެ. “ނީނާ“ގެ ހަޔާތަށް އަންނަ ބޮޑު ބަދަލަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ވަރުގަދަ ބޮޑެތި ކަންތައްތަކެއް ސިފަކޮށްދިނުމުގައިި ބޮޑު ޓީމެއްގެ ހިއްސާއެއް އެބަ އޮތެވެ. މިއަދު ރިލީޒްކުރެވުނު ޓްރެއިލާއިން ހަމަ ގައިމުވެސް އެފަދަ ގިނަ ކަންތައްތަކެއްގެ ކޮޅުމަތިނަމަވެސް ފެނިގެންދެއެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ އެތަކެއް މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދެއެވެ.
06 އޯގަސްޓް 2023ގައި އޮލިމްޕަހަށް “ނީނާ” ގެންނަނީ އަންހެނެއްގެ ހަޔާތުގައި ދިމާވާ ކަންތަތަކަކަށް، ނެތް ހިތްވަރާއެކު ކަށީގެ މަދުން ހިތްވަރު ނެރެގެން އިންސާފުހޯދުމަށް އަންހެނަކު، އާދެ “ނީނާ” ކުރާ މަސައްކަތްތައް ދައްކައިލުމަށެވެ. ފިލްމު “ބަވަތި“ން ރާއްޖޭގެ ފިލްމީ މަސައްކަތުގެ އައު ބާބެއް ލިޔެލި ޓީމުން މިފަހަރުވެސް ތަފާތު ދައްކާނެކަން ފިލްމުގެ ޓްރެއިލާއިން ވެސް ސާބިތުކޮށްދެއެވެ.
ނުޒުހަތު ޝުޢައިބް ،ޝަރަފް ޢަބްދުﷲ، ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާގެ އިތުރުންވެސް ފާހަގަކޮށްލެވޭ އިތުރު ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ހަމްދޫން ފާރޫޤް (އައްކި)ގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު