ރާއްޖޭގެ އެންމެ މަގުބޫލު އެއް ބަތަލާ މަރިޔަމް އައްޒަގެ އިންސްޓަގްރާމް އެކައުންޓު ކަށަވަރުކޮށްދީފި އެވެ. އައްޒަގެ އިންސްޓަގްރާމް އެކައުންޓު ކަށަވަރުކޮށްދިނުމާ ގުޅިގެން އައްޒަ އުފާފާޅުކޮށްފައިވެ އެވެ.
އައްޒަ އަށް މިހާ ބޮޑު ކާމިޔާބެއް ލިބުނީ ސަޕޯޓަރުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް އައްޒަ ބުންޏެވެ.
އިންސްޓަގްރާމުގައި މަޝްހޫރު މީހުންގެ އެކައުންޓު ކަށަވަރަުކޮށްދެނީ ‘މެޓާ’ އިން ބަލައިގަންނަ ފަދަ މަޝްހޫރު މީހަކަށް ވުމުންނެވެ. ރާއްޖޭގައި އިންސްޓަގްރާމް އެކައުންޓު ކަށަވަކޮށްދީފައިވަނީ ވަރަށް މަދު ފިލްމީ ތަރިންނަށާއި މަޝްހޫރު ފަރާތްތަކަކަށެވެ.
2013ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް މަރިޔަމް އައްޒަ އަކީ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލްއެކެވެ. މަޝްހޫރުވެގެން ދިޔަ ބައެއް ޕްރޮގްރާމްތައް ހުށައެޅި މަޝްހޫރު ހުށައެޅުންތެރިއެކެވެ. މީގެ އިތުރުން މަޝްހޫރު ބައެއް މަރުކާތައް ކަމަށްވާ ކޮކާކޯލާ، ލޮރިއަލް، އަދި ސެމްސަންގް ފަދަ ބައެއް ބްރޭންޑްތަކުގެ އެންބެސެޑަރެއްގެ ގޮތުގައި މަަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
އައްޒަގެ ފިލްމީ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް އެންމެ އަވަހަށް ފެނިގެންދާނީ 06 އޯގަސްޓް 2023ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އައި ފިލްމްސްގެ ފިލްމު “ނީނާ“ގައި ހިމެނޭ ވަރަށް ތަފާތު ރީތި ލަވައެކެވެ. މީގެ ތިން އަހަރުކުރިން މި ލަވަ ޝޫޓްކޮށްފައިވަނީ ލ. ގަމު އަލަށްއާބަދުވާ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ސްޓޭޖް ޝޯއެއްގަ އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު