– ކްރިއޭޓަރު ޝޯން ރަޔަން ކާސްޓުންނާއި ސްޓޯރީލައިން އަދި އެނޫން ވެސް ގިނަ ކަންތައްތަކުގެ ތަފްސީލް ހާމަކޮށްފައިވޭ

ނެޓްފްލިކްސްގެ މަގުބޫލު ސިލްސިލާއެއް ކަމަށްވާ “ދަ ނައިޓް އެޖެންޓް” ދެވަނަ ސީޒަންގެ ގިނަ ކަންތަތަކެއް އާއްމުކޮށްފި އެވެ. “ނައިޓް އެޖެންޓް” 2023 ވަނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރި ފަހުން ސްޓްރީމިން ޖަޔަންޓުން ވަނީ މި އަހަރުގެ ކުރީކޮޅު މީގެ ސީކުއެލް އިއުލާންކޮށްފަ އެވެ. އޭގެ މަގްބޫލުކަން ފެނުމުން ނައިޓް އެޖެންޓް 2 އަށް ދިއުމަށް އަވަސް ނިންމުމެއް ނިންމި އެވެ.

މި ސިލްސިލާ އުފެއްދި ޝައުން ރަޔާން ވަނީ ކާސްޓިން އާއި ސްޓޯރީލައިނާ ބެހޭ ގޮތުން ވާހަކަ ދައްކައި ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފްސީލްތައް ހާމަކޮށްފަ އެވެ.

“ދަ ނައިޓް އެޖެންޓް” އާއި “ދަ ނައިޓް އެޖެންޓް ސީޒަން 2” އަކީ މެތިއު ކުއާކްގެ މި ފޮތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތުރިލާއެކެވެ. ނައިޓް އެޖެންޓް ފުރަތަމަ ސީޒަނަކީ އެންމެ ގިނަ ބަޔަކު ބެލި އެއް ސީރީޒް އެވެ. 93 ގައުމެއްގައި އެންމެ ގިނަ މީހުން ބެލި 10 ފިލްމުގެ ތެރެއިން 09ވަނައިގައި އޮތީ މި ސީރީޒެވެ. މި ސީރީޒް ވެސް ވަނީ 3 ވަނައަށް (އޭ) އަށް ރޭންކްކޮށްފަ އެވެ.

ޓީވީލައިނުން ބުނި ގޮތުގައި ނައިޓް އެޖެންޓް އުފެއްދި ޝޯން ރަޔާން ބުނީ ސީޒަން އެކެއްގެ މަޝްހޫރު ކެރެކްޓާއެއް ކަމަށްވާ ޑިއާން އެކްޝަން ތުރިލާ ސީރީޒްގެ ސީޒަން ދޭއްގައި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ރަޔާން ބުނީ ފުރަތަމަ ސީޒަންގައި ޑިއާންގެ ވާހަކަ މުޅިން ކިޔައިދީފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި ޝޯގެ މުސްތަގުބަލަށް އޭނާގެ ވިސްނުން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ކުރީ ސީޒަންތަކުގެ ގިނަ ކެރެކްޓާތަކެއް އަނބުރާ ގެނައުން ނުހިމެނޭނެ ކަމަށެވެ. ރަޔާން ބުނީ ސީޒަން އެކެއްގައި އުއްމީދުކުރި އުންމީދުތަކާ އެއްވަރަށް ސީރީޒް ގެނެސްދިނުމަށް ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް ދެވަނަ ސީޒަން ގެނެސްދިނުމުގައި އޭނާގެ މައިގަނޑު އަމާޒަކީ “ނައިޓް އޭޖެންޓް”ގެ ވާހަކައާ ގުޅޭ ގޮތަށް މުޅިން އާ ވާހަކައެއް ގެނެސްދިނުން ކަމަށްވެސް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން އަރީން (އެޑީ)
ޙަސަން އަރީން (އެޑީ)
ޙަސަން އަރީން (އެޑީ)އަކީ މުނިއަވަސް ކްލަބްހައުސްގެ އާރްޖޭއެއްގެ އިތުރުން މުނިއަވަސް އަށް ޚަބަރުލިޔާ ލިޔުންތެރިއެއް