ކާމިޔާބު ގިނަ ފިލްމު ތަކެއް ހަދާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ހަދާ ބިރުވެރި ފިލްމު “ރޭވުމުން”ގެ ޓީޒާ ދައްކާލައިފި އެވެ.
‘ސަނދުރަވިރޭ’ އާއި ‘އުދަބާނި’، ‘ދޮންކަމަނަ’ އަދި ’12ގެ ފަސް’ ފަދަ ކާމިޔާބު އެތައް ބިރުވެރި ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސް ދިން އަމްޖޭ ބުނީ މި ފިލްމުން މިހާރުގެ މުޖުތަމަޢު އޮތްގޮތް ވަރަށް ރަނގަޅަށް ދައްކައިދޭނެ ކަމަށެވެ.
“އަމިއްލަ އެދުން ބޮޑުވެގެން ގޮސް އެޅޭ ޅައެއްޗަކުން ކަންތައްތައް އަނެއް އަތަށް މުޅިން ބަދަލުވެގެން ދަނީ. ގޯސް އަތަށް. ބިރުވެރިކަމެއްގެ ތެރޭގަ ގޮސް އެމީހުން ފަނާވެ ނިމިގެންދަނީ.” އަމްޖޭ ގެ 52 ވަނަ ޑައިރެކްޝަން އާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން އަމްޖޭ ބުންޏެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ (ޝަކިއްތަ)، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.
ކޮމިކް ރޯލުތަކަށް މަޝްހޫރު ޝާޒް މި ފިލްމުން ފެނިގެންދަނީ ވަރަށް ތަފާތު ރޯލަކުން ކަމަށް އަމްޖޭ ބުންޏެވެ.
އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ.
ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.
‘ރޭވުމުން’ ފިލްމުގެ ރަސްމީ ފޭސްބްކް ޕޭޖް ގައި ފިލްމުގެ ޓީޒާ އާއްމުކޮށްފައި ވާއިރު، ފިލްމުގެ ޓީމުން ބުނީ ޕޭޖަށް ލައިކްކޮށް، ޝެއާކޮށްގެން ޓިކެޓް ހޯދޭނެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!