ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ އައި ފިލްމްސް އިން އުފައްދާ މިމަހު ހަވަނަ ދުވަހު ރިލީޒްކުރި ފިލްމު “ނީނާ“ ބަލައިލުމަށް ތިން ހަތަރުފަހަރު އޮލިމްޕަހަށް ބެލުންތެރިން ދާން ފަށައފިއެވެ.

ފިލްމު “ނީނާ“ ބެލުމަށްފަހު މީސްމީޑިއާގެ މަންސަތަކުގައި ފިލްމުގެ މަސައްކަތްތަކަށް، ތަރިންގެ މޮޅު އެކްޓިންއަށް ބެލުންތެރިން ތަޢުރީފުކޮށް ކޮމެންޓްތައް ބަންޑުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، މި ފިލްމު އެއް ފަހަރު ނުވަތަ ދެފަހަރު ބަލައިގެން ނުފުދުނު ބައެއް ފަރާތްތަކުން ފިލްމަށް ދިއުމަށްފަހު އާއްމުކޮށްފައިވާ ބައެއް ފޮޓޯތައް މުނިއަވަސް އަށް ލިބިފައިވެއެވެ.

“ތިންވަނަ ފަހަރު ނީނާއަށް” އެއް ފަހަރު އަދި ދެވަނަ ފަހަރު ވެސް ފިލްމު “ނީނާ“ ބަލައިގެން ނުފުދުނު މީހަކު މި ފިލްމު ޕްރިމިއާކުރުމަށް ހެދި ސެޓްގެ ފޮޓޯއަކާއެކު ކޮމެންޓެއް ހިއްސާކޮށްފައިވެއެވެ.

“އަނެއްކާވެސް… ސަބަބަކީ މިއީ އެތަކެއް ފަހަރު ބަލައިލާ ވަރުގެ ފިލްމެއް” އެހެން މީހަކު ބުނެފައިވެއެވެ. ބައެއް ބެލުންތެރިން ބުނަނީ މި ފިލްމުގެ އެންމެ ޝޯއަކުން ނުފުދުނު ކަމަށެވެ.

ފިލްމު “ނީނާ“ ބެލި ހަމަ ކޮންމެ މީހަކުހެން ފިލްމު ކޮލިޓީވެފަ ރަނގަޅު މެސެޖްތަކެއް ލިބޭ ވާހަކައިން ގޮސް، މި ފިލްމުގެ ފައިޓް ސީންތަކުގެ މޮޅު ވާހަކަވެސް އަންނަނީ ދައްކަމުންނެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.