“ބޮޑުވަރު ވެގެން ޖަލަކަށްނު ލާނީ… އުމުރަށް ޖަލަށްލާފަ ވޯޓު ކައިރިވީމަ ވޯޓު ހޯދަން މާފުކޮށްފަ ދޫކޮށްލާނީ… މީނު މި ގައުމުގަ ކައޭމެން ތި ހައްޔަރުކުރާ ކުށްވެރިންގެ ހާލަކީ!!”
– ފިލްމު “ނީނާ”ގެ މަންޒަރެއްގައި ‘ނީނާ'(ނުޒޫ)
މިއީ ފިލްމު ބަލަން ތިބި އޯޑިއަންސް އެއްކޮށް ކަހަލަ ގޮތަކަށް ކެކިގެން ދިޔަ ޑައިލޮގުކޮޅެކެވެ. އެއްމެނަށް އެއްބަސް ވެވުނު ބޮޑު ހަޤީޤީ ވާހަކައެކެވެ.
އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ ޝޯތައް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ދަންވަރު ދައްކަން ފަށަން ތައްޔާރުވެފައިވާއިރު، އައި ފިލްމްސް އިން މިއަދު މިވަނީ ފިލްމުގެ އާ މަންޒަރުތަކަކާއެކު އާ އިޝްތިހާރުކޮޅެއް ދޫކޮށްލާފައެވެ.
ފިލްމު “ނީނާ”ގެ މި އިޝްތިހާރުކޮޅުން، މި ފިލްމުގެ މައިގަނޑު ހާދިސާތައް ދައްކުވައިދޭ ބައެއް މަންޒަރުތައް ފެނިގެންދެއެވެ. ހިތަށް އެންމެ އަސަރުކުރުވި މަންޒަރުތަކުން ބައެއް ތަންތަންކޮޅުވެސް ފެނެއެވެ.
އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ ފިލްމު “ނީނާ” އަކީ އަހަރުމެން ފިލްމީ ބަހުރުވައިން ބޭނުންކުރާ ‘ނަހޫ އިފެކްޓް’ ބޭނުންނުކޮށް، ހިތެއް އޮތް އިންސާނެއް ވިއްޔާ، ހިތަށް އަސަރުކުރުވާ ފަދަ އެތައް މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ދަންވަރު ޝޯތަކެއް ބާއްވަން އައި ފިލްމްސް އިން ނިންމީވެސް ފިލްމު ބަލަން ބޭނުންވާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. ރޭގަނޑުގެ ޝޯ ފަށާ ވަގުތަކީ 23:30 އެވެ.
ފިލްމު “ނީނާ”ގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ހުޅުވިފައި ހުންނަ ވަގުތަކުގައި ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 7242555 ނަންބަރަށް ގުޅައިގެންވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ އެވެ.
🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ތެދެއް. ވަރަށް ބޮޑު ތެދެއް. ރާއްޖޭގެ ކޮންމެ ވެރިކަމެއްގެވެސް ހާލަތު. މި ފިލްމަކީ މާސްޓާ ޕީސްއެއްގެ އިތުރުން ރާއްޖޭގެ ކަޅު ފަރާތް ދައްކަދޭ މޮޅު އުފެއްދުމެއް. ރޭގަނޑު ޝޯއަށް ބޯއީ ފްރެންޑް ގޮވައިގެން ދާން އެބަ ވިސްނަން
ތި ފިލްމުގެ މޮޅުކަމުގެ ވާހަކަ ދައްކާކަށް ނެތީން. އެކަމަކު ނުޒޫ މައި ލޯބީގެ އެކްޓިން ހާދައޭ ގައްޑާއީ
ނުޒޫ ވަރަށް މޮޅު ތަޅާލަން
އިއްލެ މާ ގިނަ ވާހަކަނުދައްކާ އައްޒަގެ ސޯންގް ޕްލީޒް