މިއީ ހަކުރުބަލި ހުންނަ މީހުން ދޮންކެޔޮ ކެއުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލުކޮށްލުމަށް، ބައެއް ސިއްހީ މާހިރުން އެކަމާމެދު ދެކިލައްވާ ގޮތް ހާމަކޮށްފައިވާ މަޢުލޫމާތުކޮޅެކެވެ.
“ދޮންކޭލުގައި ކާބޯހައިޑްރޭޓްސް އާއި މޭވާގެ ހަކުރު ހިމެނޭތީ ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާނެ. މި މޭވާގައި ވެސް ކޮންމެވެސް ވަރަކަށް ފައިބަރު ހުންނާތީ ކެއުމަށްފަހު ލޭގައި ހަކުރު އިތުރުވުން މަޑުޖައްސާލުމަށް އެހީތެރިވެދޭނެ. ފެހި ކެޔޮ ނުވަތަ ރަނގަޅަށް ދޮންނުވެ ހުންނަ ކޭލުއި ހަކުރުގެ މިންވަރު މަދުން ހުރުމުގެ އިތުރުން ދިފާއީ ސްޓާޗް ހުންނަ މިންވަރުވެސް މަދު. އެހެންކަމުން ދޮންނުވެ ހުންނަ ކޭލުން ލޭގައި ހަކުރުގެ މިންވަރު އިތުރުކޮށްދޭ މިންވަރު، ދޮންކޭލަށް ވުރެން ކުޑަކަން ފާހަގަކުރެވޭ.”
– ޖެނިފާ ކަޓްސް (ބެޗްލާސް ޑިގްރީ) – ޑައިބެޓިކްސް އެންޑް ކްލިނިކަލް ނިއުޓްރިޝަން ސާރވިސަސް
“ހަކުރުބަލީގެ މީހުންނަށް ދޮންކެޔޮ ކެވިދާނެ. ނަމަވެސް ސަމާލުވުމަށް އަޅުގަނޑު ލަފާދެން. ހަކުރުބަލި ހުންނަ މީހުން ދޮންކެޔޮ ކެއުން އެއީ މައްސަލައެއް ނޫނަސް ހަކުރު މައްޗަށް ދިއުން ދަށްކުރުމަށްޓަކައި ޕީނަޓް ބަޓަރ ކަހަލަ އެއްޗަކާ އެއްކޮށްގެން ކެއުން ރަނގަޅު. ކެޔޮ ދޮންވުމުން އޭގައި ހުންނަ ސްޓާޗް ބަދަލުވަނީ ހަކުރަށް. އެހެންކަމުން ދޮންނުވެ ހުންނަ ކެޔޮ ކެއުން މާރަނގަޅުވާނެ ދޮންކޭލަށްވުރެން. ހަކުރުގައި ލޭ ހުންނަ މިންވަރު ގަވައިދުން ޓެސްޓްކުރުން މުހިންމު.”
– މައިކަލް ކޮލެންގީލޯ – މާސްޓަރ އޮފް ސައިންސް އިން ނިއުޓްރިޝަން
“އާދެ. ހަކުރުބަލި ހުންނަ މީހުންނަށް ދޮންކެޔޮ ކެވިދާނެ. ނަމަވެސް ކޮންމެ މޭވާއެއްގައި ިވެސް ހަކުރު ހުންނަ ފަދައިން ދޮންކޭލަކީ މަތީ މިންވަރަކަށް ހަކުރު ހުންނަ މޭވާއަކަށް ވާތީ ދޮންކެޔޮ ކެއުން މެދުމިނެއްގައި ހިފަހައްޓަން ޖެހޭ.”
– ކާރލް ބެންޑަރ – މާސްޓަރ އޮފް ސައިންސް: ބަޔޯ ކެމިކަލް އެންޑް މޮލެކިއުލަރ ނިއުޓްރިޝަން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ސަޅި ބިޓެއް
ރަނގަޅު މައުލޫމާތުކޮޅެއް. މިކަހަލަ ލިޔުންތައް ގިނަކުރުން ރަނގަަޅުކަމެއް.
އެބަ އޮތް ޚިޔާލެއް. ރާއްޖޭގެ ޑޮކްޓަރެއް ހޯދާފަ އޭނައަށް ސުވާލުފޮނުވަން ޗާންސްދީފަ. ސުވާލުތަކުގެ ޖަބާވު ވީކްލީ ގެންނަ ގޮތަށް ސިލްސިލާއެއް ގެންދަން ސަޅިވާންނު