ލ. ފޮނަދޫގައި އެންމެ ޒަމާނީ ފެންވަރަށް ހިންގަމުން އަންނަ މަޝްހޫރު ‘ޕިޒްކާ’ ރެސްޓޯރެންޓް ގެ އަގުހުރި ކަސްޓަމަރުންނަށް “ލޯޔަލްޓީ ކާޑް” ތައާރަފުކޮށްފި އެވެ. ‘ޕިޒްކާ ލޯޔަލްޓީ ކްލަބް’ ގެ މެންބަރޝިޕް ކާޑެއްގެ ގޮތުގައި ތަޢާރަފްކޮށްފައިވާ ޑިސްކައުންޓް ކާޑު ލިބިފައިވާ ކަސްޓަމަރުންނަށް ޕިޒްކާ އިން ހޯދާ ޚިދުމަތަށް ފަސް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ޕިޒްކާ ރެސްޓޯރެންޓުން ބުނީ ޕިޒްކާ ގެ ބިލް ދައްކާއިރު “ލޯޔަލްޓީ ކާޑް” ހުށައެޅުމުން ފަސް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށާއި މި ކާޑް ލިބޭ ފަރާތް ނޫން އެހެން ފަރާތްތަކަށްވެސް ކާޑުގެ ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، ފަހުން ފައިސާ ދައްކާގޮތަށް ކުރެވޭ މުޢާމަލާތްތަކަށް މި ކާޑު ބޭނުން ނުކުރެވޭނެކަމަށް ޕިޒްކާ އިން ބުނެއެވެ.
“ކާޑު އިޝޫކުރުމުގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އަގުން ލުޔެއް ދިނުން.. އަދި ޕިޒްކާގެ ޚިދުމަތް އާއްމުކޮށް ބޭނުންކުރާ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނެ ކަމުގެ ޔަޤީންކަން ދިނުން.” ޕިޒްކާ ގެ އެއް މެނޭޖިން ޕާޓްނަރ ޢަބްދުﷲ ނާފިޒް މުނިއަވަސް އަށް ބުންޏެވެ.
މިހާރު 30 ކަސްޓަމަރުންނަށް ކާޑު ހަވާލުކުރެވިފައިވާކަމަށާއި އަދި އިތުރު 20 ވަރަކަށް ކަސްޓަމަަރުންނަށް ކާޑު ހަވާލުކުރެވޭނެ ކަމަށްވެސް ނާފިޒް ބުންޏެވެ.
“ވަރަށް ރެގިއުލަރ ކަސްޓަމަރުންނަށް އަދި ކާޑު ހަވާލުނުކުރެވޭ. ކާޑުގެ މުއްދަތު ހަމަވެ އަނެއް ކާޑު އިޝޫކުރުމުގެ ކުރިން މި ދެމަހުގެ (މާޗް އަދި އޭޕްރީލް މަހުގެ) އެންމެ ރެގިއުލަރ ކަސްޓަމަރުން ފާހަގަކޮށް އަނެއްކާވެސް ކާޑުތައް ދޫކުރާނަން.” ކާޑުތައް ރެގިއުލޭޓް ކުރާގޮތް އޮޅުންފިލުވައިދެމުން ނާފިޒު ބުންޏެވެ.
ޕިޒްކާ ގެ ޚިދުމަތް އެންމެ އާއްމުކޮށް ހޯދަމުން އަންނަ ފަރާތްތަކަށް ދީފައިވާ “ލޯޔަލްޓީ ކާޑް” ބޭނުންކުރެވޭ މިންވަރު ބަލައި އޭޕްރީލް މަސް ނިމުމާއިއެކު ތަފާސްހިސާބަށް ބަލައި، ފާހަގަ ކުރެވޭ ކަސްޓަމަރުންނަށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕިޒްކާ އިން ދޫކޮށްފައިވާ “ލޯޔަލްޓީ ކާޑް” ބޭނުންކުރެވޭ މިންވަރު އެމީހުންގެ ސިސްޓަމުން ޓްރެކް ކުރެވެމުންދާނެ ކަމަށްވެސް ނާފިޒް ބުންޏެވެ.
ލ. ފޮނަދޫގައި ހުންނަ ޕިޒްކާ ރެސްޓޯރެންޓުން އަންނަނީ ތަފާތު ޕްރޮމޯޝަންތަކާއި އެކިއެކި މުނާސަބާތަކަށް ޚާއްޞަކޮށް އިވެންޓްތައް ހިންގަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މިއަދު މެންދުރު ‘ވިމެންސް ޑޭ ސްޕެޝަލް ލަންޗް ބުފޭ’ އެއް ވެސް ވަނީ ބާއްވާފަ އެވެ.
ޕިޒްކާ އަކީ ލ. ފޮނަދުއަށް ޒިޔާރަތްކުރާ މެހެމާނުންގެ މެދުގައިވެސް މަޤުބޫލުކަން ހޯދާފައިވާ ރެސްޓޯރެންޓެއްކަން ފާހަގަ ކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!