މުލިހި (އިނގިރޭސި ބަހުން: Abscess) މިއީ ހަށިގަނޑުގެ ބައެއްގައި ދޮސް ޖަމާވެގެން އުފެދޭ ދުޅަ އެކެވެ. މިއީ މަސްގަނޑު އަޑިން ގޮނޑިލައިގެން ބިއްސަށްވުރެ ބޮޑެތިކޮށް އުފުލިފައި ހުންނަ ތަންތަނެވެ. މުލިއްސަކީ ގިނަ ފަހަރު ކޮންމެވެސް ބެކްޓީރިއާ، ނުވަތަ ޕެރަސައިޓެއްގެ ސަބަބުން ހަށިގަނޑުގައި ޖަރާސީމެއް އުފެދުމުން ޖަހާ އެއްޗެކެވެ. ހަމަމިހެން ހަށިގަނޑަށް ނޭނގި ނަމަވެސް ވަންނަ އެއްޗެއްގެ ސަބަބުން ވެސް މުލިހި އުފެދިދާނެ އެވެ.
މުލިއްސަކީ ގިނަ ފަހަރު ޖަރާސީމު ފަތުރާ މާއްދާ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުނަ ނުދިނުމަށްޓަކައި، އުފެދޭ ޑިފެންސިވް ރިއެކްޝަނެ (ރައްކާތެރިކަމަށް ދޭ ރައްދެ)ކެވެ.
މުލިހި އުފެދެން ދިމާވުމުގައި ހަށިގަނޑުގައި އަށަގަންނަ ޖަރާސީމު ނުވަތަ ހަށިގަނޑަށް ވަންނަ މާއްދާ މުލިހި އުފެދޭ ހިސާބުގައި ހުންނަ ސެލްތައް މަރާލައެވެ. ނަތީޖާއެއްގެ ގޮތުން ސައިޓޮކައިން ކިޔާ މާއްދާއެއް ބޭރުކުރެއެވެ.
މުލިއްސެއް ޖެހުމުން ކުރިމަތިވެދާނެ އުދަނގޫތަކަކީ ކޮބައިތޯ ސުވާލުކޮށްލުމުން، ސިއްޙީ މާހިރުން ދީފައިހުރި ބައެއް ޖަވާބުތައް ހިއްސާކޮށްލާނެމެވެ.
“ލޭ ވިހަވުން، ލޭއައުން، ފާރުގަނޑު އުފެދުން، ޖަރާސީމު ފެތުރުން، އެންޑޯކާޑިޓިސް، ރިހުން ފަދަ ކަންކަން އެއީ މުލިއްސެއްގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކެއް.”
– ޑރ. އެެލެކްސް ޓީ ތޯމަސް
“މުލިހީގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކުގެ ތެރޭގައި؛ ޖަރާސީމު ފެތުރުމާއި، އެންޑޯކާޑައިޓިސް، ލޭ ވިހަވުން ނުވަތަ ސެޕްސިސް، އާ މުލިހިތައް އުފެދުމާއި، ގޭންގްރީން އުފެދުން.”
– ޑރ. އިލްޔާ އެލެގްޒެންޑްރޮވްސްކީ
“މުލިހި ޖެހުމުން ކުރިމަތިވާ އުދަނގޫތަކުގެ ތެރޭގައި ހިމެނެނީ:
1) ސިކުނޑިއާއި މައިބަދައިގެ ނާރުގެ ތެރެއަށް ޖަރާސީމު ފެތުރުން.
2) ދޭތެރެދޭތެރެއިން އާ މުލިއްސެއް އުފެދުން.
3) ބަލިޖެހިފައިވާ ސަރަހައްދުގެ ޓިޝޫތައް ހަލާކުވުން
4) އެންޑޯކާޑިޓިސް
5) ލޭ ވިހަވުން ނުވަތަ ސެޕްސިސް.”
– ޑރ. އިޕްސާ އަރޯރާ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ވަރަށް ބޭނުންތެރި ރަނގަޅު މަޢުލޫމާތުކޮޅެއް. ކިޔުންތެރިން ބޭނުންވާ ސުވާލު ފޮނުވޭ ގޮތް ހެދިދާނެތަ؟ އޭރުން އަދި މާ ސަޅި ވާނެ.