ސޮނީ ސަބްގެ މަޝްހޫރު ކޮމެޑީ ޝޯ “ތާރަކް މެހެތާކާ އުލްޓާ ޖަޝްމާ”ގެ ތާރަކް މެހެތާގެ ރޯލުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޝައިލޭޝް ލޯދާ، މަޝްހޫރު ބޮލީވުޑްތަރި ސަލްމާން ޚާންގެ ބިގްބޮސްގެ 17 ވަނަ ސީޒަންގައި ފެންނާނެކަމަށް އިންޑިޔާގެ މީޑިޔާތަކާއި ހަވާލާދީ ރިޕޯޓްކޮށްފިއެވެ.

އިންޑިޔާގެ ޓީވީ ޗެލަނަލެއް ކަމަށްވާ އިންޑިޔާ ޓީވީ އާއި ހަވާލާދީ ބުނެފައިވަނީ މިހާރު ޝައިލޭޝް އެ ޝޯވްގައި ބައިވެރިވާކަން ކަށަވަރުވެފައިވާ ކަމަށާ އަދި އެ ޝޯގެ ބައިވެރިންގެ ލިސްޓެއް އާއްމު ކުރިއިރު އެ ލިސްޓުގައި ވެސް ޝައިލޭޝްގެ ނަން ހިމެނިފައިވާކަމަށެވެ.

ނަމަވެސް އެ ޝޯވް އުފައްދާ ކަލާރސް އާއި ސައިލޭޝްގެ ފަރާތުންވެސް އިންޓެނެޓްގައި ދައުރުވަމުން އަންނަ ލިސްޓަކީ ސައްހަ ލިސްޓެއްކަން ކަށަވަރުކޮށްދީފައި ނުވާކަމަށްވެސް އެ ޗެނަލްއާއި ހަވާލާދީ ބުނެފައިވެއެވެ.

2008ވަަނަ އަހަރު “ތާރަކް މެހެތާކާ އުލްޓާ ޖަޝްމާ” ޝޯ ފެށުއްނީއްސުރެން ފާއިތުވި 14 އަހަރު އޭނާ ވަނީ އެ ޝޯގައި ތާރަކް މެހެތާގެ ރޯލް އަދާކޮށްފައެވެ. ނަމަވެސް 2022 ވަނަ އަހަރު ޝޯގެ ޕްރޮޑަކްޝަންޓީމާއި ޖެހުނު މައްސަލައެއްގައި އޭނާ ވަނީ އެ ޝޯ ހުއްޓާލާފައެވެ. އޭގެ ފަހުން ޝައިލޭޝް އެކި ފަހަރު މަތިން މީޑިޔާއަށް ދިން އިންޓަވިއުތަކުގައި ސީދާ ވަކިވި ސަބަބު ހާމަކޮށްނުދީ ނުސީދާކޮށް އެޝޯގެ ޓީމަށް ބަހުގެ ހަމަލާތައް ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު މަފާޒް