ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ ތެރެއިން، ކުޅުންތެރިންނަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ގައި ރާއްޖެ ތަމްސީލުކޮށް ކުޅުންތެރިން ހޯދި ފަޚުރުވެރި ރީތި ނަމާއި ތާރީޚީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި އެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ދަންނަވައިފިއެވެ.
އައި.އޯ.އައި.ޖީގައި ރާއްޖެއިން ހޯދި ފަޚުރުވެރި، ތާރީޚީ ކާމިޔާބީތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށާއި، ޓީމުތަަކަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ (05 ސެޕްޓެމްބަރ 2023) ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައެވެ. މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފާއި، ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީމަށް މަރުޙަބާ ކިޔުމަށް ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ޢާންމުންވެސް ޖަމާވިއެވެ.
2019 ވަނަ އަހަރު ރާއްޖެއިން އައި.އޯ.އައިޖީގައި ބައިވެރި ޓީމުތަކުން ޖުމްލަ 15 މެޑަލް ހޯދި އިރު، މިއަހަރު ރާއްޖޭގެ ޓީމުތަކުން ވަނީ، ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 5 ރަން މެޑެއްޔާއި، 9 ރިހި މެޑެއްޔާއި، 14 ލޯ މެޑަލް ހޯދާފައިވެއެވެ. މިސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރު ކުޅުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރުތަކުގައި ވާދަކުރުމަށް ފަހިކޮށްދެމުން އަންނަ ފުރުޞަތުތަކާއިއެކު، އައި.އޯ.އައި.ޖީގެ، ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ ދެ އެތުލީޓުން ވަނީ ލޯ މެޑަލް ވެސް ހޯދާފައެވެ.
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރ 3 އަށް، މަޑަގަސްކަރައިގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ