މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)އަށް ދިވެހި ދައުލަތުން ޤައުމީ ހައިސިއްޔަތު ދެއްވައިފި އެވެ. މޯލްޑިވްސް ފިލްމު އެސޯސިއޭޝަނަށް ޤައުމީ ހައިސިއްޔަތު ދެއްވީ 06 ސެޕްޓެމްބަރު 2023، ބުދަ ދުވަހު ކަމަށް އެ އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)އަށް ޤާނޫނީ ހައިސިއްޔަތު ލިބުމުން، ޖަމިއްޔާ ހިންގާނެ އިދާރާއެއް ލިބުމާއި، ބަޖެޓެއް ލިބމުގެ އިތުރުން އިދާރާއެއް ލިބި، އިދާރީ މުވައްޒަފެއް ނުވަތަ މުވައްޒަފުން ގެންގުޅެވޭނެ ގޮތް ވެގެންދާނެ ކަމަށް ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނެއް މުނިއަވަސް އަށް ބުންޏެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން އުފައްދާފައި ވަނީ 14 އޯގަސްޓް 2006 ވަނަ އަހަރު އެވެ. އެ އެސޯސިއޭޝަން އުފައްދާފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަންކަން ފަހިކޮށްދީ ފިލްމީ ދާއިރާ ކުރިއެރުވުމަށެވެ.
މިހާތަނާ ޖެހެންދެން މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ހިންގަމުން އައިސްފައިވަނީ ދައުލަތުގެ ނުވަތަ ސަރުކާރުގެ މާ ބޮޑު އަޅައިލުމެއް، އެއްބާރުލުމެއް ނުލިބި، ޖަމިއްޔާ މެންބަރުން ‘އަމިއްލައަށް ގޭނިގެން’ ކަންކަން ކުރާ އުސޫލެއްގެ ދަށުން ކަމަށް ދާއިރާގެ ފަންނާނުންގެ ވާހަކަތަކުން އެނގެއެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ހުނަރުވެރި ފިލްމީ ފަންނާނުންނަށް އެހީތެރިވުމަށް ރާއްޖޭގެ ޖަމިއްޔާތައް ހިންގުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީކޮށް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!