ސުބާޝް ގައި އާއި ސަންޖޭ ދަތުގެ މަޝްހޫރު އައިކޮނިކް ފިލްމް “ކަލް ނާޔަކް”އަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދާދި ފަހުން ވަނީ “ކަލް ނާޔަކް”ގެ ހާއްސަ ސްކްރީނިންއެއް ބާއްވާފަ އެވެ. މި ސްކްރީނިންގް ގައި ފިލްމް ގެ ތަރިން ހާޒިރުވިއެވެ.
މިހަފްލާގައި މަދޫރީއަށް ބައިވެރި ނުވެވުމުން ވީޑިއޯ މެދުވެރިކޮށް ބައިވެރިންނާ ވާހަކަދައްކާފައި ވެ އެވެ. ބޮލީވުޑްގެ ބައެއް މަޝްހޫރު ހުނަރުވެރި ތަރިން، ސުބާޝް ގާއީގެ މި މާސްޓަރޕީސްއަށް ޝުކުރު އަދާކުރުމުގެ ގޮތުން ފެނިގެންދިޔައެވެ.
މި ފިލްމްގެ ލަވަތަކަކީ ލަކްޝްމީ ކާންތު ޕިޔާރޭ ލާލް މިއުޒިކް ހަދާފައިވާ ފިލްމެކެވެ. މި ފިލްމް ގައި އެދުވަސްވަރު ހަނދާނުން ނައްތާނުލެވޭ ފަދަ ޗާޓްބަސްޓާ ލަވަތަކެއް ގެނެސްދީފައިވެއެވެ. ފިލްމުގެ ވަރުގަދަ ލަވަތަކުގެ ތެރެއިން “ޗޯލީ ކޭ ޕީޗޭ ކިޔާ ހޭ ޗޯލީކޭ ޕީޗޭ” އަކީ އެއިރު ކޮންމެ މީހެއްގެ ދުލުކުރީ އަބަދުވެސް ކިޔާލަކިޔާލަ ހުރި ލަވައެކެވެ. އަދި “ނާޔަކް ނެހީ ކަލް ނާޔަކް ހޫނ މެއިނ” މިއީވެސް މިފިލްމްގެ ލަވަތަކުން ހަނދާން ނައްތާނުލެވޭ ވަރުގެ ލަވަ އެކެވެ.
މަދޫރީ ޑިކްސިޓް އެކްޓް ކުރި “ޗޯލީ ކޭ ޕީޗޭ” ލަވައިގެ ބަލަމުން ދާއިރު، އޭގެ ދަގައްފާނީ ބާރާ ދެކޮޅު ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި ލަވަ ނުކުތުމާއި އެކު ސުޕްރީމް ކޯޓަށް މީހަކު ލަވައިގެ ޅެމުގެ މައްސަލައެއް ޖެއްސިއެވެ. އެމީހާ ޖެއްސި މައްސަލަައިގަި ބުނެފައިވަނީ އެ ލަވައިގައި ބޭނުން ކުރާ ބަސްތަކަކީ އާންމުން ތެރޭ ބޭނުން ނުކުރެވޭނެ ދެ މާނަ އެކުލެވޭ ބަސްތަކެއްކަމަށެވެ. މި ލަވަޔަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އަލްކާ ޔަގްނިކް އާއި އެކު އެލަވަޔަށް ދިރުން ގެނެސް ދިން އަޑުގެ ވެރިޔާ އިއްލާ އަރުންގެ އަޑެވެ.
މި ހަފްލާގައި އިއްލާ އަރުން ބައިވެރިވީ މީގެ 30 އަހަރު ކުރިން ފިލްމުގެ ޕްރިމިއާގައި ލައިގެން ހުރި އައިކޮނިކް އައުޓްފިޓް ލައިގެންނެވެ. ފިލްމީ މަސްދަރު ތަކުން އަޑުފެތުރިފައި އޮތީ މިހަފްލާ ފާހަގަ މިކުރީ މި ފިލްމްގެ ސީކްއެލް އެއްގެ ޝައުގުވެރިކަން ސުބާޝް ގާއި ފާޅުކޮށްފައި ވަނިކޮށް ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ސެޕްޓެމްބަރ 2023ޚަބަރު” ޓައިގާ 3 ” އަށް މާބޮޑު ޕްރޮމޯޝަނެއް ބޭނުމެއް ނުވާނެ
- 15 ސެޕްޓެމްބަރ 2023ޚަބަރުޝާހް ރުކް ޚާން އަދި ސުހާނާ ޚާންގެ ދެބަފައިން އެއް ފިލްމަކުން
- 14 ސެޕްޓެމްބަރ 2023ޚަބަރު“އަކްއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް” ގެ ފުރަތަމަ ޓީޒާ
- 13 ސެޕްޓެމްބަރ 2023ޚަބަރުތުންފަތުގެ ބައްޓަމުން މީހާގެ ޝަޚުޞިއްޔަތުގެ ވައްތަރު ހާމަވޭ – ދިރާސާ