މާކަނަމަދު ބައްޓަމުގެ ލޮލެކެވެ. ޒައިތޫނި ހަންގަނޑެކެވެ. މިއީ ޢަރަބި އަންހެނުންގެ އެންމެ ހިތްގައިމު ދެ ސިފައެވެ. ޢަރަބި އަންހެނެއްގެ ރީތިކަމަށް އިންކާރެއް ނުކުރެވޭނެއެވެ. ޢަރަބި އަންހެނުން ކިތަންމެ ރީތި ނަމަވެސް، ބައެއް ޢަރަބި ޤަައުމުތަކުގައި ގިނަ އަދަދެއްގެ އަންހެނުންނަކީ ހުސްހަށިބައި އަންހެނުންކަން އެނގުމުން އަހަރުމެން ސިއްސައިގެންދާނެކަން ޔަޤީނެވެ.

މި ވީޑިއޯގައި ފެނިގެން ދާނީ އެ ޤައުމުތަކެއްގައި ފިރިހެނުން މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހުސްހަށިބައި އަންހެނުން ދިރިއުޅޭ ދިހަ ޢަރަބި ޤައުމެއްގެ ވާހަކައެވެ.

ދިހަ ވަނަ : މޮރޮކޯ

މޮރޮކޯއަކީ ހުސްހަށިބައި އަންހެނުން ގިނައިން ތިބި އަރަބި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މިއީ އެއްގޮތަކަށްވެސް ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެގައުމުގައި އަންހެނުންގެ އާބާދީ 50.35 އިންސައްތަ ހިމެނޭއިރު ފިރިހެނުންގެ އާބާދީއަކީ 49.65 އިންސައްތައެވެ. މީގެ މާނައަކީ ފިރިހެނުންގެ އަދަދަށް ވުރެން 260,000 ގިނަ އަންހެނުން މޮރޮކޯގެ އާބާދީގައި ހިމެނޭކަމެވެ.

މޮރޮކޯގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ވުމުގެ ސަބަބުން އެ ގައުމުގެ ޑޭޓިން އާއި ރިލޭޝަންޝިޕް ޑައިނަމިކްސް އަށް ވަރަށް ބޮޑަށް އަސަރު ކުރެ އެވެ. ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެން ގިނަވެފައި އޮތުމުން، އެގައުމުގެ ހުސްހަށިބައި އަންހެނުންނަށް ރަނގަޅުބައިވެރިއެއް ހޯދުމަށް ކުރާ މަސައްކަތުގައި ވާދަވެރިކަމެއް އުފެދިފައިވެ އެވެ.

މޮރޮކޯގެ މުޖުތަމައުގައި ވެސް އެހެން ގިނަ ސަގާފަތްތަކެކޭ އެއްފަދައިން އަންހެނުންނާ ކައިވެނިކޮށް އާއިލާއެއް އުފެއްދުމަށް ވަކި އުންމީދުތަކާއި ޕްރެޝަރުތަކެއް ކުރިމަތިވެ އެވެ. މޮރޮކޯގައި އަންހެނުންނަށް ވުރެ ފިރިހެނުން ގިނަ ކަމީ ވެސް ޑޭޓިން ދާއިރާގައި މޮރޮކޯގެ ފިރިހެނުންގެ ސުލޫކާއި ވިސްނުމަށް ނުފޫޒު ފޯރުވާ ކަމެކެވެ.

އިތުރު ގާބިލު ބައިވެރިން ލިބުމުން، ފިރިހެނުންނަށް ދިގުމުއްދަތުގެ ގުޅުންތަކަށް ވަފާތެރިވުމަށް ޕްރެޝަރު ކުޑަވެއެވެ. އެމީހުން ހީކުރަނީ އެމީހުން އިޚްތިޔާރުކުރާނެހާ ވަރަކަށް އަންހެނުން ލިބިފައިވާ ކަމަށާއި ގިނަ މީހުންނާ ރައްޓެހިވުމަކީ ނުވަތަ ކައިވެނިކުރުމަކީ ކުރެވޭ ހެޔޮ އަމަލެއް ކަމަށް ދެކޭ ފިރިހެނުންގެ އަދަދުވެސް މޮރޮކޯގައި މަދެއް ނޫނެވެ.

މި ލިސްޓްގެ ބާކީ ހުރި ޤައުމުތަކުގެ މަޢުލޫމާތުތައް ވީޑިއޯއިން ބަލައިލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.