ދިވެހި ފިލްމީ ފަންނާނުން ފަލަސްޠީނަށް އެހީވުމަށް އިންތިޒާމުކުރެވިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވެއްޖެ އެވެ. އެގޮތުން މިމަހު 27 ވާ ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.

ދިވެހި ފިލްމީ ފަންނާނުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި:-

🇵🇸 27 އޮކްޓޯބަރު، ހުކުރު ހަވީރު 1600 އިން 1800 : މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުން – މި ހަރަކާތުގެ ތެރާގައި އޭތިމީތި ސޭލް (ޖަމްބްލް ސޭލް) އެއް އޮންނާނެ

🇵🇸 28 އޮކްޓޯބަރު، ހޮނިހިރު : ހުޅުމާލޭގައި ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުން – މި ހަރަކާތުގެ ތެރާގައި އޭތިމީތި ސޭލް (ޖަމްބްލް ސޭލް) އެއް

🇵🇸 29، 30، 31 އޮކްޓޯބަރު، އާދީއްތަ، ހޯމަ، އަންގާރަ – އޮލިމްޕަސް ސިނަމާގައި ދިވެހި ހިޓް ފިލްމުތައް އެޅުވުން. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ. ނަމަވެސް އެ މީހަކު ބޭނުން ނަމަ 100 ރުފިޔާ އިން މަތި ކޮންމެ އަގެއް ވެސް ދެވިދާނެ. ހުރިހާ ފައިސާއެއް ސީދާ ދާނީ ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ފަންޑަށް.

ފިލްމުތައް އަޅުވަން ތާވަލުކޮށްފައިވާ ގަޑިތަކަކީ މެންދުރު 2، ރޭގަނޑު 8 އަދި ރޭގަނޑު 11 ޖަހާއިރު

🇵🇸 29، 30، 31 ވަނަ ދުވަހު، ފިލްމީ ފަންނާނުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގެތަކަށާއި ފިހާރަތަކަށާއި ކެފޭތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި މަސައްކަތްތައް ހުރިތޯ ބަލައި އެ މަސައްކަތް ކުރަން ވަނީ ތާވަލުކޮށްފައި. އެ މީހުން މަސައްކަތް ކުރާނީ އުޖޫރައެއް ނުކިޔާ. ނަމަވެސް، އެ ތަންތަނުގެ ވެރިފަރާތުން އުޖޫރައެއް ދޭ ނަމަ އެ ފައިސާ ދާނީ ފަލަސްތީނު ފަންޑަށް.

🇵🇸 3 ނޮވެމްބަރު، ހުކުރުދުވަސް – މަސް ރޭސް: އާންމުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި މަސް ރޭހުގައި ބައިވެރިވުމަށް ގުޅާނީ 7978825، އިސްމާއިލް ޝަފީގަށް، ނުވަތަ 7782530، ހަސަނަށް.

🇵🇸 3 ނޮވެމްބަރު، ހުކުރު – މަސް ރޭހުގައި ބާނާ މަސްތައް ވިއްކުމުގެ އިވެންޓު. މަސް ވިއްކުން ވެސް އޮންނާނީ ހުޅުމާލެ ރަށު މާކެޓް ކުރިމަތީގައި

ދިވެހި ފިލްމް އެސޯސިއޭޝަންގެ މެމްބަރުންނާއި ދިވެހި ފަންނާނުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ހަރަކާތުން ލިބޭ ހުރިހައި ފައިސާއެއް ފަލަސްތީނަށް އެހީގެ ގޮތުގައި ހަދިޔާ ކުރަން ނިންމާފައިވެއެވެ.

މައުލޫމާތު ނެގީ: ދައުރު އޮންލައިން އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.