ފަންނާނެއްގެ ހިތްގައިމު އުފެއްދުމެއް އަލުން އެހެން އެހެން ފަންނާނެއް، ތަފާތު ސްޓައިލެއްގައި ތައްޔާރުކޮށްލުމަކީ އާއްމުކަމެކެވެ. ރީތި ނަމެއް ކިޔައިލަންވެގެން ރީމޭކެކޭ މި ކިޔަނީ އެއަށެެވެ. ނަމަވެސް މި ޒަމާނުގެ ބައެއް ފަންނާނުން ހަދާފައި ހުންނަ ރީމޭކް ފެނި މުޅީން މާޔޫސްވާން ޖެހޭ ހާލަތު ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް…….
ނަމަވެސް މިފަހަރު މިއޮތީ މުޅީން ތަފާތު މަސައްކަތެކެވެ. “މައިންޑް ބްލޯވިންގ”، ނުވަތަ “އައުޓްސްޓޭންޑިންގ”، ނުވަތަ “އޮބިނަސް ޓޫ ދަ މެކްސް”އޭ ބުނެލެވޭ ވަރުގެ ކޮލިޓީ މަސައްކަތެއް މިއަދު ދިވެހި ޒުވާން ފަންނާނުންކޮޅެއް މިއޮތީ ގެނެސްދީފަ އެވެ. އަހަރުމެން ބުނާނީ ‘ރީމޭކެއް ހަދަންޏާ މިވަރަށް ހަދަން ވާނެ!’ ކަމަށެވެ. އެހެން ނޫނީ އެކަމާ ނޫޅުންވެސް މާ ރަނގަޅު ވާނެއެވެ.
“ފިނި ފަތިހު ފިނިން” ލަވައިގެ ވީޑިއޯގެ މި ސަޅި މަސައްކަތުގެ އިސް މޭސްތިރިއަކީ ކުޑަ ރިޗަޑް އެވެ. މީގެ އިތުރުން ގިނަ ފަންނާނުން ތަކެއްގެ ހިއްސާ މިކަމުގައި ވެއެވެ.
އަންތަރީސް ބޭންޑްގެ ލަވަ “ފިނި ފަތިހު ފިނިން”ގެ ކަވަރ ވާޝަން ކިޔާފައިވަނީ މުޙައްމަދު ޝަމްވީލް (ބަރޯ) އެވެ. މިއުޒިކް ކޮމްޕޯޒްކުރީ ސްޓަރލްޒް އިންނެވެ. އެރޭންޖްކުރީ ޝަމްވީލެވެ.
ރިޗަޑް ޑައިރެކްޓްކޮށްފައިވާ މި ސަޅި ޑައިރެކްޝަންގެ ހިތްގައިމު ވީޑިއޯތައް ނެގީ މާސްކޭ އެވެ. ޕޯސްޓް ޕްރޮޑަކްޝަން ހެދީވެސް ރިޗަޑް އެވެ.
ހިތްގައިމު ސަޅި ނެށުންތަކެއް ފެނިގެންދާ މި ލަވައިގެ ނެށުމުގައި ބައިވެރިވެފައިވަނީ ‘ވަންޝޮޓް އެންޓަޓެއިންމެންޓްސް’ގެ ހުނަރުވެރި ޒުވާނުންނެވެ. މީގެ އިތުރުން ދިވެހި ސަގާފީ ނެށުންތައް ގެނެސްދިނީ ބިދަބިން ގްރޫޕުންނެވެ.
ގިނަ އަދަދެއްގެ ޒުވާނުންގެ މަސައްކަތްތައް ހިމެނޭ މި ޕްރޮޖެކްޓްގެ އިތުރު ތަފުސީލުތައް ވީޑިއޯގެ ތަފުސީލުގައި ހިމަނާފައިވެއެވެ.
https://youtu.be/txipikDJEp8?si=dJe68NP8SiYlJkXQ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ