މަދަހަ ކިޔުމުގެ ރަން އަޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޒުވާން ފަންނާނު އާމިނަތު ރާޔާ އަޝްރަފް ކިޔާފައިވާ “އައްސަވާންދޭ ދުޢާ” މަދަހައިގެ ކަވަރ ވާޝަންއަށް 1.3 މިލިއަން ވިއުޒްއަށް ވުރެން ގިނަ ވިއުޒް ލިބިއްޖެ އެވެ.
ޓެލެވިޛަން މޯލްޑިވްސް އިން މީގެ އަހަރެއްހައި ދުވަސް ކުރިން ޔޫޓިއުބްގައި އާއްމުކޮށްފައިވާ މި ވީޑިއޯ އަކީ 1443 ވަނަ އަހަރު “ނިކަން ލޯބިން” ޕްރޮގްރާމުގައި ގެނެސްދިން މަދަހައެކެވެ.
މަދަހަ ބެލި ގިނަ ބަޔަކު ޕޮޒިޓިވް ކޮމެންޓްތަކެއް ކޮށްފައިވެ އެވެ. އެގޮޮތުން ރާޔާގެ އަޑުގެ ހިތްގައިމުކަމާ މަދަހަ ކިޔުމަށް ހުނަރުވެރިކަންވެސް ފާހަގަކޮށްފައިވެއެވެ.
މިއުޒިކާ ނުލައި މި މަދަހަ ކިޔާފައި އޮތް ނަމަ މާ ފުރިހަމަ ވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ކޮމެންޓްކޮށްފައިވެއެވެ.
އައްސަވާންދޭ ދުޢާ އަޅުގެ ޔާޒަލް ޢުލާ
އައްސަވާންދޭ ދުޢާ އަޅުގެ ޔާޒަލް ޢުލާ
ވެއްސަވާންދޭވެ ރަޙްމަތުގެ ވާރޭ ވިލާ
އެންމެހާ ރީތި ޙަމްދާއި ތަޢުރީފުގާ
ދެންނެވޭހާ ޘަނާ އާއި ތަސްރީފުގާ
ގެންނަ ލަފުޒޭ މިއީ އަޅުގެ ނިޔަތާ ދުލާ
އަދި ޞަލާތޭ ފޮނުއްވާށެ ޝާމިލް ވެވޭ
އަރިއަހަށް މާތް ނަބިއްޔާގެ ލޯބިން ވެވޭ
ފަރިވިހާ މާމަލާ ފަރިވަމުންދާ މަލާ
ހެޔޮ ރަނގަޅު ނިޢުމަތުގެ މަގު އަބަދު ދައްކަވާ
ހެޔޮ އަމަލުތައް މަތީ ދެމިތިބުން ލައްވަވާ
ހެޔޮ ނިޝާނެއްގެ ނޫރުން އަބަދު އަލިވެލާ
ބިރުތަކާ އެންމެހާ އާފަތުން ދިންނަވާ
ބަރަކަތާ އެންމެހާ ރާހަތާ ދެއްވަވާ
ދިރުމަކުން އާދިރުއްވާށި ހިތްތައް މިލާ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!