ޓެރަރިސްޓު އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފަންޑު ހޯދުމަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިއަދު ހަވީރު ފަށައިފި އެވެ.

“އިންސާނިއްޔަތައް ޓަކައި”ގެ ނަމުގައި މި ހަރަކާތްތައް ފަށާފައިވަނީ އޮލިމްޕަސް ސިނަމާ ކުރިމަތިންނެވެ. މި އިވެންޓުގައި ރާއްޖޭގެ ފިލްމީ ދައިރާގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވެ.

މި އިވެންޓުގެ ދަށުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ. އެގޮތުން މި ހަރަކާތްތަކުގެ މައުލޫމާތު ދެއްވަމުން ފިލްމީ ތަރި މުހައްމަދު މަނިކު ބުނީ އެ ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް ވެސް ފޯރުކޮށްދޭނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށެވެ.

ފަންނާނުންގެ “އިންސާނިއްޔަތަށްޓަކައި” ހަރަކާތްތައް ފެށުމުގެ ދަންފަޅި “މުނިއަވަސް ޓިކްޓޮކް” މެދުވެރިކޮށް ލައިވްކޮށްފައިވެއެވެ.

@muniavas #އިންސާނިއްޔަތަށްޓަކައި #insaaniyyathattakai Harakaaiythah feshun #fvpシ #fvpviral #foryoupage #foryou #maldives #dhivehi #muniavasnews #palestine🇵🇸 ♬ original sound – MUNIAVAS

ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމުގެ އިތުރުން ދިވެހި މަޝްހޫރު ފިލްމުތައް ވެސް އޮލިމްފަހުގައި އަޅުވާނެ އެވެ. ފިލްމް ފެސްޓިވަލެއްގެ ގޮތުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން އަޅުވާ މި ފިލްމުތަކަށް ވަނުމަށް ޓިކެޓު ގަންނަން ޖެހޭއިރު، މި ޓިކެޓުތަކުން ލިބޭ ފައިސާ ވެސް ފޯރުކޮށްދެނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. މި ހަރަކާތުގެ ދަށުން ވިއްކޭ ކޮންމެ ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

މީގެ އިތުރުން މި ހަރަކާތުގެ ދަށުން ހޮނިހިރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވާނެ އެވެ. މި ހަރަކާތުގައި ކުޑަކުދިންގެ މުނިފޫހި ފިލުވާނެ ފަދަ އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އެގޮތުން ދިވެހި ވާހަކަތަކުގެ ކެރެކްޓަރ ތަކުގެ އިތުރުން، މަޝްހޫރު ކުޑަފޫޅު ކެރެކްޓަރ ފަދަ ކެރެކްޓަރވެސް މި ހަވީރުގައި ފެނިގެންދާނެ އެވެ. ގިނަ ކުޅިވަރުތަކެއްގެ އިތުރުން ޖަމްބްލް ސޭލެއްވެސް މި ހަވީރުގައި އޮންނާނެ އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ހުރިހައި ކަންކޮޅުތަކަކަށް ހުޅުވާލައިގެން އާއްމުކޮށް ބާއްވާ މަސްދަތުރުގައި ބޭނޭ މަސްތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ދިނުމަށް ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.