ލ. ކަލައިދޫ ހުކުރު މިސްކިތް، މަސްޖިދުލް ހުދާ ގެ ޖާގަ އިތުރުކުރުމަށްޓަކައި މިސްކިތު ގޯތި ތެރެ ކޮންނަނިކޮށް ދެ ބުދު ފެނިއްޖެ އެވެ. މި ދެ ބުދު ފެނުނީ މިސްކިތުގެ ދެކުނުފަރާތުގައި ފެންޑާއެއް އިމާރަތްކުރުމަށް ކޮންނަމުންދަނިކޮށެވެ.
ބުދު ދީނުގައި އަޅުކަންކުރަން ގެންގުޅޭ ދެ ބުދު ކަލައިދޫން ފެނިފައިވަނީ މިމަހުގެ 15 ވީ ބުރާސްފަތި ދުވަހު އެވެ. ފެނިފައިވާ ދެ ބުދުގެ ތެރެއިން ކުޑަ ބުދުގައި ގާތްގަނޑަކަށް ހުރީ 08 އިންޗި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ބޮޑު ބުދުގައި 12 ވަރަކަށް އިންޗި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.
ބުދަށް އަޅުކަން ކުރުމުގެ ދިގު ތާރީޚެއް ކުރިން އޮތް ދިވެހިރާއްޖޭގެ އާޘާރީ ތަންތަނުން ބުދާއި ބުދުގެ ބައިތައް ފެންނަމުންދެއެވެ. ނަމަވެސް މިހާ ރީތިކޮށް، ގެއްލުމެއް ލިބިފައި ނެތް ބުދު ފެނިފައިވަނީ މަދުންކަން ފާހަގަކޮށްލެވެއެވެ.
ބުުޑިސްޓް އާރޓްވޯރކް ވެބްސައިޓުން ލިބެންހުރި މަޢުލޫމާތަށް ބަލާއިރު ކަލައިދޫން އިއްޔެ ފެނިފައިވަނީ ބުއްދާ، ތަތަގަޓާ، ޔޯރައި BUDDHA, TATHAGATA, NYORAI ގިންތި އަށް ނިސްބަތްވާ ދެ ބުދެވެ. އެއިން އެކައްޗަކީ ސަމަދި ބުއްދާ Samadhi Buddha ގެ ނަމުން ނަންދީފައިވާ ބުދެއް ކަމަށް ޤަބޫލުކުރެވެއެވެ. އޭގެ ތެރެއިން އެއް ބުދަކީ ދިޔާން މުދްރާ Dhyana Mudra (މެޑިޓޭޓް ކުރުމަށް އެއް އަތްތިލަ މަތީގައި އަނެއް އަތްތިލަ ބާއްވައިގެން އިންނަ) ޕޮޮސިޝަން ގައި އިން ބުދެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!