ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމު “ފްރީ ޑެލިވަރީ” ރިލީޒްކުރާނީ މިމަހު 04 ވަނަ ދުވަހުގެ ރޭގައެވެ. އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ މި ފިލްމު މަޖާވާނެ މިންވަރު، ފިލްމުގެ ލީޑް ތަރިން، އަދި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ޓީވީ މޯލްޑިވްސްގެ ‘ފިލްމީ އުދަރެސް’ ޕްރޮގްރާމުގައި ގެނެސްދިން ޚާއްޞަ އެޕިސޯޑުން އެކަނިވެސް ވަރަށް ސާފެވެ.

މި ޑާކް ކޮމެޑީގެ ވާހަކަތައް ކުރުކޮށް ހިއްސާކޮށްލާނަމެވެ. ފިލްމު އުފެއްދުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޑައިރެކްޓަރ އިލްޔާސް އަދި އެސިސްޓެންޓް ޑައިރެކްޓަރ އިފްނާޒް އެވެ. އިތުރުން މަޢުލޫމާތުތައް މަޖާ ގޮތަކަށް ހޯދައިލުމަށް ވީޑިއޯތައް ބަލައިލާށެވެ.

@muniavas #FREEDELIVERY on #filmyudhares – Part 2 of 2 @televisionmaldives @Kazmik @televisionmaldives #fvpシ #foryoupage #foryou #fvpviral #dhivehifilm ♬ original sound – MUNIAVAS

🎬 ލިޔެ ޑައިރެކްޓްކުރީ: އިލްޔާސް ވަހީދު (އިއްލެ)

🎦 ޕްރޮޑިއުސަރުން: އާސިމް ޢަލީ، އާމިރާ ޢަލީ އަދި އިލްޔާސް ވަހީދު

🎞️ ޕްރޮޑަކްޝަން ހައުސް: ކަޒްމިކް އިންޓަނޭޝަނަލް

⏳ ރިލީޒްކުރާ ތާރީޚް: 04 ނޮވެމްބަރު 2023

⭐ މުހިންމު ކާސްޓުން: ރަޢުފަތު ޢަބްދުﷲ ޞާދިޤް، ތާތި އާދަމް، ޢައިޝާ ޢަލީ، ވާޝިޔާ މުޙައްމަދު (ޝިޔާ)، ޝާރިފް، މުޙައްމަދު އަފްރާހް، އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ވިކީ، އިފްނާޒް،  ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، ސާމީ ޙުސައިން ދީދީ ހިމެނެއެވެ.

✂️ އެޑިޓިންގ: މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ)

♮ މިއުޒިކް: ޝަހީދު ލިގެސީ

📽️ ސިނަމޮޓޮގްރަފީ: ސަމާހް

📺 ޓްރެއިލަރ: ޑެލިވަރީކުރާ ބަޔަަކަށް ދިމާވާ ކަންތަައްތަކެއްގެ ތެރެއިން ހިނގާ މަޖާ ހާދިސާތަކެއް މި ޓްރެއިލާއިން ފެނިގެންދެއެވެ.

ފިލްމުގެ މޭކަޕް އާޓިސްޓް އަދި އެއް ޕްރޮޑިއުސަރު/ކަޒްމިކްގެ ވެރިޔާ އާސިމް ޢަލީގެ ވާހަކަތައް މި ވީޑިއޯއިން ބަލައިލާށެވެ. ގިނަ ކަންތައްތަކެއް އެނގިގެންދާނެ އެވެ.

@muniavas #FREEDELIVERY on #filmyudhares – Part 3 of 4 @televisionmaldives @Kazmik #fvpシ #foryoupage #foryou #fvpviral #dhivehifilm ♬ original sound – MUNIAVAS

“ފްރީ ޑެލިވަރީ”ގެ ޓިކެޓް މިހާރު އޮންލައިންކޮށް ގަނެވޭނެ އެވެ. އޮންލައިންކޮށް ޓިކެޓް ގަތުމަށް 7242555 ނަންބަރަށް ވައިބަރުން މެސެޖެއް ފޮނުވުމުން ޓިކެޓް ގަތުމުގެ ކަންކަން ހަމަޖެހޭނެ އެވެ.

އާސިމް ޢަލީގެ ޕްރޮޑަކްޝަން ހައުސް ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން ”މަޒްލޫމް“ގެ ނަމުގައި އެންތޮލޮޖީ ފިލްމެއްވެސް ގެނެސްދީފައެވެ. މީގެ އިތުރުން ”ދަރަކަ“ ނަމުގައި ކާމިޔާބު ކްރައިމް ތުރިލާއެއްވެސް އުފައްދައި ގެނެސްދީފައިވެއެވެ.

ޑާކް ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ”ގެ ޓައިޓްލް ލޯގޯ ޖެހި ޓީޝާޓްވެސް މިހާރު ވިއްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ލިންކޯ.އެމްވީ އިން މި ޓީޝާޓްގެ އިތުރުން، އެކި ތީމްތަކަށް ތައްގަނޑު ޖަހާފައިވާ ސަޅި ޓީޝާޓް ގަންނަން ލިބެން އެބަހުއްޓެވެ.

 

View this post on Instagram

 

A post shared by LinCo (@linco.mv)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.