ކަޒްމިކް އިންޓަނޭޝަނަލްއިން އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ޑާކް ކޮމެޑީ “ފްރީ ޑެލިވަރީ” މިރޭ ޕްރިމިއާކުރާނެ އެވެ. އޮލިމްޕަހުގައި މިރޭ ރެޑް ކާޕެޓް އިވެންޓް ފަށާނީ 08:00ގައެވެ. ފިލްމު ޕްރިމިއާކުރާނީ 09:00ގައެވެ.
“ފްރީ ޑެލިވަރީ” އަކީ ޑާކް ކޮމެޑީއެއް ނަމަވެސް، މުޖުތަމަޢުގައި ހިނގަމުން އަންނަ ތަފާތު މައްސަލަތަކުގެ މައްޗަށް މި ފިލްމުގައި އަލިއަޅުވައިލާނެ އެވެ.
ފިލްމުގެ ޓިކެޓު ގަތުމަށްޓަކައި 7242555 އަށް ވައިބަރުން މެސެޖު ކޮށްލުމުން ޓިކެޓުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެއެވެ. އެހެންކަމުން އޮލިމްޕަހަށް ނުގޮސް ފަސޭހަކަމާއެކު ޓިކެޓް ގަނެލެވޭނެ އެވެ.
ފިލްމު “ބަވަތި”، “ނީނާ”، “ބިރުވެރި ވާހަކަ” އަދި “މަޒްލޫމް” ފަދަ ކާމިޔާބު އުފެއްދުންތަކެއް ނެރުނު ޓީމުން އުފައްދާފައިވާ “ފްރީ ޑެލިވަރީ”ގެ ގެ ލީޑު ކާސްޓުން ފެންނާނީ ރައުފަތު ސޯދިގު، ތާތި އާދަމް އަދި އައިޝާ އަލީ އެވެ. އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފް، ވާޝިޔާ މުހައްމަދު، ހާފިޒް މުހައްމަދު، ފާޒިލް ފަޔާޒް، ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާ (ޔަމް) ހިމެނެއެވެ.
ލިޔެ ޑައިރެކްޓްކުރީ: އިލްޔާސް ވަހީދު (އިއްލެ)
ޕްރޮޑިއުސަރުން: އާސިމް ޢަލީ، އާމިރާ ޢަލީ އަދި އިލްޔާސް ވަހީދު
އެޑިޓިންގ: މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ)
♮ މިއުޒިކް: ޝަހީދު ލިގެސީ
ސިނަމޮޓޮގްރަފީ: ސަމާހް
“ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ