ކަޒްމިކް އިންޓަނޭޝަނަލްއިން މިމަހު 04 ވަނަ ދުވަހުގެ ރޭ ފެށި “ފްރީ ޑެލިވަރީ”ގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހުމުގެ ޝުޢޫރުތައް މީސްމީޑިއާގެ މަންސަތަކަށް ބަންޑުންކުރަމުން އަންނައިރު، މި ޚިދުމަތް ހޯދި ފަރާތްތަކުގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ފިލްމު “ފްރީ ޑެލިވަރީ” ބަލާފައި ނުކުންނަމުން ފިލްމުގެ ތަރިންނާއި ފިލްމުގެ މަސައްކަތްތައް ކުރި ފަރާތްތަކާއެކު ބެލުންތެރިން ހޭދަކޮށްލާ ވަގުތުކޮޅުންވެސް ފިލްމު ބެލުމުން ލިބޭ ހިތްހަމަޖެހުން ފާހަގަކުރެވެއެވެ.

މި ހިއްސާކޮށްލާ ޓިކްޓޮކް ވީޑިއޯކޮޅަކީ މިމަހު 10 ވަނަ ދުވަހުގެ ރޭ ފިލްމު ބަލަން ދިޔަ ބައެއް ފަރާތްތަކުން، ފިލްމު ބެލުމަށްފަހު ފިލްމުގެ ތަރިންނާއި ބައްދަލުކޮށްލާ މަންޒަރުން ކުޑަ މިންވަރެކެވެ.

@muniavas “ފްރީ ޑެލިވަރީ” ބަލާފަ ނުކުންނަ މީހުންގެ މޫނުމަތިން އުފާވެރިކަން #maldivestiktok #fvpviral #fvpシ #muniavas #contentcreators #fyp #foryoupage #maldives #dhivehitiktok #freedelivery @Kazmik ♬ original sound – MUNIAVAS

ދެން އޮތީ ބައެއް ކޮމެންޓްތަކެވެ. ބެލުންތެރިން ހަމަ ފްރީކޮށް ޑެލިވަރީކޮށްލާ ބައެއް ކޮމެންޓްތަކުން ފިލްމު ފެންނަ ކަހަލައެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، ފެންވަރު ރަނގަޅު ސިޓްކޮމްއެއް ގެނެސްދިނުމުގެ ފަހަތުގައި ހުރި މުޙައްމަދު މުންތަސިރު (މުންކޮ)އަކީ ތިއޭޓަރ ސިނަމާ، އަދި ފިލްމު އުފެއްދުމުގައި ކޮން ފެންވަރެއްގެ ފަންނާނެއްކަން ހާމަކުރުމުގެ މާނައެއް ނެތެވެ. މުންކޮ ކޮށްފައި ހުރީ އެއަށް ވުރެން ފުރިހަމަ މަސައްކަތްތަކެކެވެ. ފިލްމު “ފްރީ ޑެލިވަރީ”އަށް މުންކޮގެ ކޮމެންޓްތައް ހުރި ގޮތް ބަލައިލުން މިއީ ހަމަ ކޮންމެހެން މުހިންމު ކަމެކެވެ.

ކުރުކޮށް ބުނާނަމަ، މުންކޮ ބުނީ މަޖާކޮށްލަން ބޭނުން ނަމަ އޮލިމްޕަހަށް “ފްރީ ޑެލިވަރީ”އަށް އޯޑަރުކޮށްލުމަށެވެ.

އިތުރު ކޮމެންޓްތައްވެސް އެބަ ހުއްޓެވެ. ހަމަ ގައިމުވެސް ފިލްމު ބެލި އެންމެންގެ ހިތްހަމަޖެހުން ކޮމެންޓުތަކުން ފެނިގެންދެއެވެ. އިތުރު ކޮމެންޓްތައް ކިޔައިލަން:-

“ފްރީ ޑެލިވަރީ” ބަލަން ބޭނުންވާ ފަރާތްތަކުން ފިލްމުގެ ޓިކެޓު ގަތުމަށްޓަކައި 7242555 އަށް ވައިބަރުން މެސެޖު ކޮށްލުމުން ޓިކެޓުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެއެވެ.

“ފްރީ ޑެލިވަރީ”ގެ ގެ ލީޑު ކާސްޓުން ފެންނާނީ ރައުފަތު ސޯދިގު، ތާތި އާދަމް އަދި އައިޝާ އަލީ އެވެ. އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފް، ވާޝިޔާ މުހައްމަދު، ހާފިޒް މުހައްމަދު، ފާޒިލް ފަޔާޒް، ފާތިމަތު ލަތީފާ އަދި މަރިޔަމް ވަހީދާ (ޔަމް) ހިމެނެއެވެ.

🎬 ލިޔެ ޑައިރެކްޓްކުރީ: އިލްޔާސް ވަހީދު (އިއްލެ)

🎦 ޕްރޮޑިއުސަރުން: އާސިމް ޢަލީ، އާމިރާ ޢަލީ އަދި އިލްޔާސް ވަހީދު

✂️ އެޑިޓިންގ: މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ)

♮ މިއުޒިކް: ޝަހީދު ލިގެސީ

📽️ ސިނަމޮޓޮގްރަފީ: ސަމާހް

“ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.