“ޔަމާންއަށް ދެވުނު އެންމެ ހިތްފަސޭހަ ތަނަކީ ކޮބާ؟” ޖުމައްޔިލް ނިމާލް (ޔަމާން) ގާތުގައި މަރިޔަމް މަޖުދާ ސުވާލުކޮށްލައެވެ. އެމީހުން ތިބެނީވެސް ސިންގަޕޫރުގެ ހިތްފަސޭހަ ތަނެއްގައެވެ.
“އެންމެ ހިތްފަސޭހަ-” ޔަމާންގެ ކެމެރާއާ ކުޅެން ހުރެފައި ޖަވާބުދޭން ފަށައެވެ. އެވަގުތު މަޖޫ ވާހަކަދައްކަން ފަށައެވެ. “ކުއްލިއަކަށް ޖަވާބުދޭންްވީ އެއްވެސް ވަރަކަށް ނުވިސްނާ!” މަޖޫ ބުނެލައެވެ. މަޖާވެލަމުންނެވެ.
“އެހެން ކިހިނެއް؟…. ހޫމް…. ރަނިން ހަނާ- ފެންގަނޑު، އައްޑޫގަ، އެއީ…. ހިތަދޫ!” ޖުމައްޔިލް ޖަވާބުދެއެވެ.
“ރަނިން ހަނާ؟” ޖުމަލްގެ ޖަވާބަށް ގަޔާނުވާގޮތް ނުވަތަ މަލާމާތްކުރާ ފަދަ ވައްތަރެއް އަނގައަށް ޖައްސައިލަމުން އަހާލައެވެ.
ޖުމަލް ތަފުޞީލުކޮށްދޭން ފަށައެވެ. އެތަނަށް ދިޔައީ ކޮން އިރަކުކަން ބުނެދެއެވެ. އެތަން ފެނުނު ވަގުތު ކުރެވު އިހްސާސްތައް ކިޔައިދެއެވެ. އެތަނަށް އަބަދުވެސް ދާން ބޭނުންވާ ކަމަށް ބުނެއެވެ.
@muniavas Ranin Hanaa Fengadu (The pond where the queen takes bath) balailan dhaan beynuntha? #NOVEMBER_TheMovie of @Dark Rain Entertainment Premiering on 04th Dec #fvpviral #viralvideo #foryoupage #fyp #fypシ #foryou #fypシ゚viral #dhivehifilm #muniavasnews #dhivehitiktok #dhivehisongs #mediapartner ♬ original sound – MUNIAVAS
ކޮންމެއަކަސް އައްޑޫ ހިތަދޫގައި އޮންނަ ރަނިން ހަނާ ފެންގަނޑަކީ މި ފިލްމުގައި ކިހާވަރެއްގެ ދައުރެއް އަދާކުރާނެ ފެންގަނޑެއްތޯ، ފިލްމީ ނަޒަރަކުން ވިސްނައިލުމުން އަހަރެންގެ ހިތަށް އަރައިފިއެވެ. އެ ފެންގަނޑު ހަމަ ގައިވެސް ޚާއްޞަވާނެކަމަށް ބަލައި، އެއީ ކޮން ތަނެއްތޯ އިތުރަށް ބަލައިލީމެވެ. ނަމުން އެނގެނީ އެއީ ރަނިން (ކްއީން) ނާނޭފުޅުފިއްލަވާ (ފެންވަރާ) ފެންގަނޑެއް ކަމެކެވެ. އެހެންކަމުން އެތަނާއި ގުޅިފައިވާ މުހިންމު ހާދިސާއެއް ތާރީޚްގައި ހިނގާފައި އޮތީތާއޭ ހިތަށްއެރިއެވެ.

އައްޑޫ ސިޓީ ރަނިން ހަނާ ފެންގަނޑު ކައިރީގައި “ނޮވެމްބަރ”ގެ ކްރޫ – ފޮޓޯ: ނޮވެމްބަރ ފޭސްބްކް ޕޭޖް
ރަނިން ހަނާ ފެންގަނޑު ބަލައިލަން އަދި އެ ފެންގަނޑުގެ ވާހަކަ ފިލްމު “ނޮވެމްބަރ”ގައި މިވަރަށް މި ދެއްކީ ކީއްވެގެންތޯ ބަލައިލަން އެންމެ ފަސޭހަވާނީ 04 ޑިސެމްބަރުގައި ދައްކަން ފަށާ ފިލްމު “ނޮވެމްބަރ“ގެ ޓިކެޓެއް ނަގައިގެން ފިލްމަށް ވަދެގެންނެވެ.
“ނޮވެމްބަރ“ގެ ޓިކެޓް ގަތުމުގެ އިންތިޒާމު އޮތީ ވަރަށް ފަސޭހަ ގޮތަކަށް ހަމަޖައްސާފައެވެ. ވައިބަރުން ނުވަތަ ވަޓްސްއެޕުން 9911229 އަށް މެސެޖެއް ކޮށްލުން މިއީ ފުރަތަމަ ފިޔަވަޅެވެ. އެކަމަކު އެ މެސެޖްގައި ހަނދާންކޮށް ދެތިން ކަމެއް ފުރިހަމަކޮށްލަން ވާނެއެވެ.
🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
މިއީ ފިލްމު “ނޮވެމްބަރ” ގެ ޓިކެޓް އޮންލައިންކޮށް ބްކްކޮށްލަން ޖެހޭ ގޮތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
އަހްމަދު ތިޔަ ކުރައްވާ މަސައްކަތަށް ސާބަސް ދެމެވެ. އެކަމަކު މި ނޫހުގައި އަބަދުވެސް މި އޮންނަނީ ފިލްމުގެ މޮޅު ވާހަކަ އެވެ. ކިތައްމެ ހުތުރު ފިލްމަކަސް އެ ފިލްމެއްގެ މޮޅު ވާހަކައެވެ. އެހެންވެ މި ނޫހުގައި ފިލްމެއް ކިތައްމެ ރީއްޗޭ މޮޅޭ ބުންޏަސް ގަބޫލެއް ނުކުރެވެއެވެ. ކުރުކޮށް ބުނަންޏާ މީގަ ލިޔެފަ ހުންނަ އެއްވެސް އެއްޗެއް މެޓަރއެއް ނުވެއެވެ. ކިޔަން ޖެހޭ ސަބަބެއް ނެތެވެ.