⏳ ރިލީޒްކުރާ ތާރީޚް: 04 ޑިސެމްބަރު 2023

ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުން އެ ފިލްމެއް ނެރޭނެ ވަގުތަކަށް ދުވަސް ގުނަމުން އަންނަ ލޯބީގެ ދިވެހި ފިލްމު “ނޮވެމްބަރ“ގެ ޓިކެޓް، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުން ނެގެން ހުންނާނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.

“މާދަމާ ހެނދުނު 10:00 އިން ފެށިގެން ކޮންމެ ދުވަހަކު އަޅުގަނޑުމެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުގަ ތިބޭނަން ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް.”

– މުޙައްމަދު ޢަލީ (މޮގާ)- ޑާކް ރެއިން އެންޓަޓެއިންމެންޓް

ފިލްމުގެ ޓިކެޓް އޮލިމްޕަހަށް ގޮސް ގަނެވޭނެގޮތް ހަމަޖައްސާފައިވާއިރު، އޮންލައިންކޮށްވެސް ޓިކެޓް ނެގޭނެއެވެ.

ޓިކެޓްގެ އަގުތައް:

🎫 ޕްރިމިއަރ ޝޯ – 200 ރުފިޔާ

🎫 އާއްމު ޝޯތައް – 150 ރުފިޔާ

މިއީ ފިލްމު “ނޮވެމްބަރ” ގެ ޓިކެޓް އޮންލައިންކޮ ހޯދުމަށް:-

🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
🎫 މި ތަފުޞީލުތައް ފޮނުވާލާނީ 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން

ފިލްމު “ނޮވެމްބަރ“އަކީ އަސަރުގަދަ ލޯބީގެ ފިލްމެއްގެ އިތުރުން މުޖުތަމަޢުގައި ހިނގަމުން އަންނަ މުހިންމު ދެ ކަމަކަށް ވަކީން ޚާއްޞަކޮށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަކީ ވެސް މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކުރުމުގައި ވިސްނުން ބަހައްޓާފައިވާ ކަމެކެވެ. ޢާއިޝަތު ފުއާދު ތަޢުފީޤް (ލޯކީ) އަދި ޢަހްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކޯ-ޑައިރެކްޓަރަކީ ވެސް ލޯކީ ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި ފިލްމަކީ ވަކީން ޚާއްޞަކޮށް އަންހެންވެރިންނަށް ކަމުދާނެ ފިލްމަކަށް ވުމުގެ ފުރުޞަތު ބޮޑު ފިލްމެކެވެ.

ފިލްމު “ނޮވެމްބަރ”ގެ މުހިންމެ ކެރެކްޓަރއަކުން ފެނިގެންދާ ތަރީޝް އިސްމާޢީލް، ޖުމަލް، މަޖޫ އަދި ސިންގަޕޫރުގެ އެކްޓްރެސްއެއް -ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމެންޓް

ފިލްމު “ނޮވެމްބަރ“އަކީ ރާއްޖޭގެ މަޝްހޫރު ބަޠަލް އިސްމާޢީލް ވަޖީހް ދިވެހި ފިލްމަކުން ނުފެންނަތާ އެތައް ދުވަހެއް ފަހުން، ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އިސްމާޢީލް ވަޖީހްގެ ދަރިފުޅު ތަރީޝް އިސްމާޢީލްގެ އަލަތު ފިލްމަށް މި ފިލްމު ވާނެއެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް، މި ފިލްމުގެ ލީޑުން ފެނިގެންދާއިރު، ވަރަށް ގިނަ މަޝްހޫރު ފަރާތްތަކެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ފިލްމު އުފެއްދުމުގެ ގިނަ ވާހަކަތަކެއް މި އާޓިކަލް އިން :- “ނޮވެމްބަރ” ގެ ބައެއް ހަނދާންތައް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.