އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވާ ލޯބީގެ ފިލްމު “ނޮވެމްބަރ“ގެ ޕްރިމިއާ ހަފުލާއަށް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ރާއްޖޭގެ ލިޖެންޑަރީ އެކްޓަރު އިސްމާޢީލް ވަޖީހް މާލެ އަންނާނެ ކަމުގެ މަޢުލޫމާތު ލިބިއްޖެ އެވެ. ވަޖީހްގެ އިތުރުން މި ފިލްމުން ފެނިގެންދާ ވަޖީހްގެ ދަރިފުޅު ތަރީޝް ވެސް އަންނާނެއެވެ.
ފިލްމު “ނޮވެމްބަރ“ގައި ވަޖީހް ކުޅެފައިވަނީ ފިލްމުގެ މައިގަނޑު ވާހަކައާއި ވަރަށް ބޮޑަށް ގުޅުންހުރި ރޯލެކެވެ. ހަމަ އެހެންމެ ތަރީޝް އިސްމާޢީލް ކުޅެފައިވަނީވެސް ހަމަ އެހާމެ މުހިންމު ރޯލެކެވެ.
ފިލްމުގެ ރެޑްކާޕެޓް އިވެންޓުން ވަޖީހް އާ ބައްދަލުކޮށްލައި ފޮޓޯ ނަގައިލުމުގެ ފުރުޞަތު ހޯދަން ބޭނުން ފަރާތްތަކަށް ހަމަ ގައިމުވެސް މިއީ ރަނގަޅު ފުރުޞަތަކަށް ވާނެ އެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ ފިލްމު “ނޮވެމްބަރ“ގެ ޝޫޓިންތައް ނެގީ ސިންގަޕޫރު، އައްޑޫ އަދި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ތުލުސްދޫގައެވެ.
ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ “ނޮވެމްބަރ”ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ފިލްމުގެ މަންޒަރުތައް ނެގީ ޢަލީ ޝިފާޢު އަދި އަޙްމަދު ޝިނާން އެވެ.
ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި ޓިކެޓް ނަން ނޯޓްކުރުމަށް 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން މުޢާމަލާތުކުރެވޭނެ އެވެ.
ޓިކެޓްގެ އަގުތައް:
🎫 ޕްރިމިއަރ ޝޯ – 200 ރުފިޔާ
🎫 އާއްމު ޝޯތައް – 150 ރުފިޔާ
🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި
- 13 ސެޕްޓެމްބަރ 2024ޚަބަރު“ކަމަނާ” ގެ ވަދާޢީ ފަސް ޝޯގެ ޓިކެޓް ވިއްކަން ފަށައިފި