މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2023ގެ އިންތިޚާބު 15 ޑިސެމްބަރު 2023ގައި ބާއްވަން ނިންމައިފިއެވެ. އިންތިޚާބު ބޭއްވުމުގެ ކަންތައްތައް ކުރުމަށް އިންތިޚާބު ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވައިލާފައެވެ. މި ކޮމެޓީ ޗެއާކުރަނީ ފިލްމީ ދާއިރާގެ ލިޖެންޑަރީ އެކްޓަރ މުޙައްމަދު ރަޝީދު (ދަރާ) އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2023ގެ އިންތިޚާބު ކޮމެޓީން އާއްމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ 16 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ދައުރަކަށް މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުން ހޮވުމަށް ވޯޓްލުން ޑިސެމްބަރު މަހުގެ 15 ވަނަދުވަހު ބާއްވާގޮތަށް އެމްއެފްއޭގެ އިލެކްޝަން ކޮމިޓީން ނިންމާ އެކަން އާއްމުކޮށް އެމްއެފްއޭގެ އެންމެހާ މެމްބަރުންނަށް އަންގާކަމަށެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2023ގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 27 ނޮވެމްބަރ 2023 ވާ ހޯމަދުވަހުން ފެށިގެން 05 ޑިސެންބަރު 2023 ވަނަ ދުވަހުގެ 18.00 ނިޔަލަށް ހުޅުވާލާފައިވާކަމަށްވެސް އެ ދެންނެވުމުގައި ބުނެފައިވެއެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ހޯދުމަށް:
– ހުސެން މުނައްވަރު
– އަހުމަދު އާސިމް
– ނިޝާން
– މުހައްމަދު ރަޝީދު (ދަރާ) އަށް ގުޅުމުން ފޯމު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިލެކްޝަން ކޮމެޓީން ބުނެއެވެ.

ފޯމުގައިވާ އެންމެހާ މަޢުލޫމާތުތަކާއި ފޯމާއި އެކުގައި ހުށަހަޅަން ޖެހޭތަކެތި ފުރިހަމަ ނުވާ ފޯމުތައް ބާތިލް ކުރެވޭނެ ކަމަށްވެސް އެމްއެފްއޭ މެންބަރުންނަށް އާއްމުކޮށްފައިވާ ދެންނެވުމުގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.