ދިވެހި ފިލްމު ބެލުންތެރިން ދިވެހި ފިލްމު “ނޮވެމްބަރ” އަށް ކުރަމުން އައި އިންތިޒާރަށް ނިމުން އައުމާމެދު ދެން އޮތީ ހަމަ އެންމެ ހަތަރު ދުވަހެވެ. 04 ޑިސެމްބަރު 2023ގައި ރިލީޒްކުރާ މި ފިލްމަކީ ވަރަށް ހައްސާސް މައްސަލައެއްގެ ތެރެއިން، ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އަސަރުގަދަ ފިލްމެކެވެ.
ފިލްމު “ނޮވެމްބަރ” މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހައިތަނަށް އެންމެ ބޮޑު ޚަރަދެއްކޮށްގެން އުފެއްދި ފިލްމެވެ. މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް، އެކުގައި ލީޑްރޯލުން، ޑާކް ރެއިންގެ އުފެއްދުމަކުން ފެނިގެންދާނެ އެންމެ ފަހު ފިލްމެވެ. މީގެ އިތުރުން މިއީ މިހައިތަނަށް މަޖޫގެ އެންމެ ތަފާތު، އެންމެ ހުނަރުވެރި އެކްޓިން ފެނިގެންދާނެ ފިލްމެވެ.
ފިލްމު“ނޮވެމްބަރ”ގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. ލީޑްގައި މަޖޫގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލެވެ. މީގެ އިތުރުން އިސްމާޢީލް ވަޖީހް، އާއިޝަތު ޔާދާ، އައިޝަތު ޢަލީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.
ފިލްމު “ނޮވެމްބަރ” ގެ ޓިކެޓް އޮންލައިންކޮށް ބްކްކޮށްލަން ޖެހޭ ގޮތެވެ.
🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
🎫 މި ތަފުޞީލުތައް ފޮނުވާލާނީ 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން
ފިލްމު “ނޮވެމްބަރ“ގެ ބައެއް ކަންކަމަށް ކުރުކޮށް ފޮނިކޮށް ބަލައިލާނަމެވެ.
🎞️ ފިލްމު: “ނޮވެމްބަރ”
🎞️ ޕްރޮޑަކްޝަން ހައުސް: ޑާކް ރެއިން އެންޓަޓެއިންމެންޓް
⏳ ރިލީޒްކުރާ ތާރީޚް: 04 ޑިސެމްބަރު 2023
🗒️ ސްކްރީންޕްލޭ ލިޔުނީ: ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް
🎬 ޑައިރެކްޓްކުރީ: ޢަލީ ޝިފާޢު (ޗިއްޕެ)
🎬 ކޯ-ޑައިރެކްޓަރ: ޢާއިޝަތު ފުއާދު
📹 ކެމެރާކުރީ: ޢަލީ ޝިފާޢު (ޗިއްޕެ) / އަޙްމަދު ޝިނާސް
✂️ އެޑިޓިންގ: ޢަލީ ޝިފާޢު (ޗިއްޕެ)
🎦 ޕްރޮޑިއުސަރުން: މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު
🎦 ފިލްމު “ނޮވެމްބަރ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!