ޑާކް ރެއިން އެންޓަޓެއިންމެންޓުން ‘މާމުއި’ ގެ ނަމުގައި ހަދަން ކުރިން އިޢުލާނުކުރި ވެބް ސީރީޒް ފީޗާ ފިލްމެއްގެ ގޮތުގައި ގޮތުގައި ހެދުމަށް ނިންމައި، އެ ފިލްމްގެ ބައެއް ކާސްޓުން އިއުލާންކޮށްފި އެވެ.

‘މާމުއި’ އަކީ އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު(ޗިއްޕެ) ގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. މި ފިލްމުވެސް ޑައިރެކްޓް ކުރާނީ ޗިއްޕެ އެވެ.

މޮގަރ ބުނީ ޑާކް  ރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ‘މާމުއި’ ގެ ޝޫޓިން ކަމަށެވެ. މި ފިލްމަށް ކާސްޓުން އިއުލާނުކޮށްފައިވާއިރު، މީގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް އައްޒަ، ޝީލާ ނަޖީބް، މަރިޔަމް މަޖުދާ އިބްރާހީމް (މަޖޫ) ޝާފިއު (ފުބޫ) ، އަހުމަދު ސުނީ، ނުޒުހަތު ޝުއައިބް (ނުޒޫ) ، އާދަމް ރިޒްވީ (ރެކްސް)، އަލީ ޝަޒްލީމް، އިބްރާހީމް އަމާން، ނޫރާ އަލީ، ހަމްދާން ފާރޫގް، އައިޝަތު ޔާދާ (އައިޝާ) ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި ޑާކް ރެއިންގެ ފިލްމަކުން އަލަށް ފެންނަ އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.

މި ފިލްމުގައި މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ ކަމަށް މޮގަރ ބުންޏެވެ. މޮގަރ ބުނީ ‘މާމުއި’ ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމު މައިގަނޑު ސަބަބަބީ ވެބް ސީރީޒެއްގެ ގޮތުގައި ފިލްމު ގެނެސްދޭން ސްޕޮންސަރުން ނުލިބުމެވެ.

‘މާމުއި’ ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.