ދިވެހީންނަކީ ފެށުނީއްސުރެން ލޯބީގެ ފިލްމުތައް ބެލުމަށް ފޯރި ހުންނަ ބައެއްކަމާމެދު ޝައްކެއް ނެތެވެ. ދުވަސްތަކެއް ފަހުން އޮލިމްޕަހުގެ ހޯލު އަނެއްކާވެސް ފަޅުފިލުވައިލާފައި މި ވަނީ ލޯބީގެ ފިލްމު “ނޮވެމްބަރ“ގެ ހިތްގައިމު، ހިތްދަތި، ‘ދެރަވަރު’ގެ އަސަރުތަކުންނެވެ.

ކޮންމެއަކަސް، 04 ޑިސެމްބަރު 2023ގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ދިވެހީންނަށް މި ގެނެސްދިން ފިލްމު “ނޮވެމްބަރ“ މިވަގުތު ދައްކަމުން ގެންދަނީ އޮލިމްޕަސް ސިނަމާގައެވެ. އޮލިމްޕަހުގައި މިރޭ އޮންނަ ޝޯވެސް ހަމަ އެއްކޮށް ފުލްވެފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ)، މުނިއަވަސްއަށް މަޢުލޫމާތުދެމުން ބުންޏެވެ.

ލޯބީގެ ފިލްމު “ނޮވެމްބަރ“ މިއީ ހިތްގައިމު ފިލްމެކެވެ. މަޖާވެސް ފިލްމެކެވެ. ހިތްދަތި އަސަރުތަކެއް ކުރުވާ ފިލްމެކެވެ. ގިނަ ރަހަތަކެއް އެކުލެވިފައިވާ މި ފިލްމުން ދިވެހި މުޖުތަމަޢުގައި ހިނގަމުން އަންނަ ‘ދެރަވަރު’ގެ ކަމެއްގެ މައްޗަށް ފިލްމުގެ ވާހަކަ ބައްޓަންކޮށްފައިވެއެވެ. ފިލްމުގެ މައިގަނޑު ކްލައިމެކްސް އެކަމަކާ ގުޅިފައިވާތީ އިހަށް އެ ވާހަކަ ބާއްވާނަމެވެ.

މާލޭގެ އިތުރުން، މިރެއާއި މާދަމާ ރޭ ގއ. ވިލިނގިލީގައި ވެސް މި ފިލްމު ދައްކާނެ އެވެ. ވިލިނގިލީގައި ފިލްމު “ނޮވެމްބަރ“ ދައްކަން ހަމަޖެހިފައިވަނީ ޑިސެމްބަރު 07 އަދި 08 ވަނަ ދުވަހުގެރޭ 08:30ގައެވެ.

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުން ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކުން ޓިކެޓް ނެގުމަށް 9990156 ނުވަތަ 7766321 އަށް ގުޅައިގެން ކުރިއަށް ދެވޭނެއެވެ.

އޮލިމްޕަހުގައި ކުރިއަށްދާ ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00އާއި ދެމެދު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ހުޅުވިފައި ހުންނާނެ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި ޓިކެޓް ނަން ނޯޓްކުރުމަށް 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން މުޢާމަލާތުކުރެވޭނެ އެވެ.

ފިލްމު “ނޮވެމްބަރ“ އާމެދު ބެލުންތެރިން ދީފައިވާ ކޮމެންޓްތައް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސްމީޑިއާ މަންސަތަކުގެ އިތުރުން، މުނިއަވަސް ޓިކްޓޮކުން ވެސް ގިނަ ކޮމެންޓްތަކެއްގެ ވީޑިއޯ ބަލައިލެވޭނެ އެވެ.

🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

@muniavas Thareesh Ismail Exclusive on #november_themovie #dhivehifilm #dhivehisongs #dhivehitiktok #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #Dhivehifilms #DhivehifilmIndustry #MaldivesCelebrities ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.