އައިފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު “ކަންބަަޅި”ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ. މިއަދު ހެނދުނު 09:00 އިން ފެށިގެން މި ފިލްމުގެ ޓިކެޓް ގަންނަން ލިބެން ހުރިއިރު، ޓިކެޓް ގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ވަރަށް ފަސޭހަ ގޮތަކަށެވެ.

“ކަންބަޅި” ފިލްމުގެ ޓިކެޓް އޮންލައިންކޮށް ގަތުމަށް 7242555 ނަންބަރަށް ވައިބައި/ވަޓްސްއެޕް/ޓެލެގްރާމް މެދުވެރިކޮށް މެސެޖެއް ކޮށްލާށެވެ. މެސެޖްކޮށްލާއިރު އަންނަނިވި ތަފުސީލުތައް ހިމަނައިލުމުން ދެފަރާތުގެ ވަގުތު ސަލާމަތްވެ، ޓިކެޓް ޕްރޮސެސްކުރުމުގެ މަރުހަލާ އަވަސްވާނެއެވެ.

🎫 ޓިކެޓް ނަގާ މީހާގެ ނަން
🎫 ޓިކެޓް ބޭނުންވާ ތާރީޚް / ޝޯ
🎫 ބޭނުންވާ ޓިކެޓްގެ ޢަދަދު
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އިއްލެ އަދި އަޙްމަދު އިފްނާޒް ފިރާޤް ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ދައްކައިދޭނީ ހުސްހަށިބައި މަންމައަކާއި އޭނާގެ ދަރިފުޅު، އައު އެޕާޓްމަންޓަކަށް ބަދަލުވުމާ އެކު ކުރިމަަތިވާ އާދަޔާޚިލާފު ބިރުވެރި ބައެއް ކަންކަމެވެ. ދެމައިންނަށް ދިމާވާ މި ކަންކަމުގެ ހަގީގަތް ހޯދަން މަންމަ މަސައްކަތް ކުރާއިރު ކުރިމަތިލާންޖެހޭ ބިރުބެރި ކަންތައްތަކެއް ފެނިގެންދާނެެެއެވެ. މިގޮތުން ބިރުވެރި ކަންކަން ދިމާވަނީ އެޕާޓްމަންޓްގެ ސަބަބުންތޯ، ނުވަތަ ކުއްޖާއާ އަވަލައިގެން އުޅޭ އެއްޗެއްގެ ސަބަބުންތޯ، ނުވަތަ އެއަށް ވުރެ ވެސް ބިރުވެރި އެހެން ކަމެއް އުޅެނީތޯ ހޯދަން ކުރާ މަސައްކަތްތަކެއް މި ފިލްމުން ފެނިގެންދާނެެެވެ.

ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

އާސިމް އަލީ އަދި އިލްޔާސް ވަހީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ހަދަނީ ފިލްމު “ފްރީ ޑެލިވަރީ”ގެ ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. ހަމަ އެހެންމެ ކެމެރާ ކުރަނީވެސް ފިލްމު “ފްރީ ޑެލިވަރީ” ކެމެރާކުރި ސަމާހް އިބްރާހިމް އެވެ.

ފިލްމުގެ ކާސްޓްގައި ހިމެނޭ ތާތި އާދަމް އަކީ މި ފިލްމުގެވެސް ޕްރޮޑަކްޝަން މެނޭޖަރެވެ.

އައިފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ން ދިވެހި ފިލްމީ އުފެއްދުންތަކަށް އިތުރު ރަހަތަކެއް ގެނެސްދިން އިރު، ދެވަނަ ފީޗާ ފިލްމު “ނީނާ” ވެގެން ދިޔައީ މިހައިތަނަށް ދިވެހީން އުފެއްދި އެންމެ ވަރުގަދަ ފައިޓް ސީންތައް ހިމެނޭ ތަފާތު ފިލްމަކަށެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން​

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.