އެންގުމެއް އަންގައިލަން މިހައިވަރަށް ތައްޔާރުވާނީ ހަމަ ގައިމުވެސް ވަރުގަދަ އެންގުމެއް އަންގަން ވެގެން ކަން ޔަޤީނެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް އިއްޔެ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު، ބޮޑު އެނައުންސްމެންޓެއް ކުރަން ނިންމާފައިވާ ކަމަށެވެ.
ޑާކްރެއިން އިން އާއްމުކުރި ޕޯސްޓްގައި ފެންނަނީ ރަތްކުލައާއި ކަޅުކުލަ ހިމެނޭ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ވަޅިއެއް ހިފައިގެން ހުންނަ މީހެއްގެ ސިލޫއޭޓެއް ނުވަތަ ހިޔަނި ސޫރައެކެވެ.
އަންގަން މި އުޅޭ ބޮޑު އެންގުމާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ޑާކް ރެއިން އެންޓަޓެއިންމެންޓުން ދީފައެއް ނުވެއެވެ. އެހެން ނަމަވެސް މީގެ ދެތިން ދުވަހެއް ކުރިން “ބިބީ” ކިޔާ ފިލްމީ އުފެއްދުމަކާ ބެހޭގޮތުން މަޝްވަރާކޮށްލަނީ ކަމަށް ބުނެ ޑާކް ރެއިނުން ފޮޓޯއެއް އާއްމުކުރިއެވެ. ފަހުން އެ ފޮޓޯގެ ކެޕްޝަން ބަދަލުކޮށްލީ ކަމަށްވެސް ވެދާނެއެވެ. ހޯދަން އުޅެއުޅެ އެ ކެޕްޝަނެއް ނުފެނުނެވެ.
ދެން އޮތީ އަހަރުމެންނަށް ކުރެވޭ ލަފައެއް ނުވަތަ ސްޕެކިއުލޭޝަނެކެވެ. މިއީ ޑާކް ރެއިނުން އުފައްދަން އުޅޭ ވަރަށް ވަރުގަދަ މާރޑަރ މިސްޓްރީ ފިލްމެއް ފަށަން އުޅޭ ކަމުގެ އެނައުންސްމެންޓެއް ކުރަން އުޅެނީ އެވެ. ފިލްމަށް ކިޔަނީ “ބިބީ” ކަމަށްވެސް ވެދާނެއެވެ. އެހެން ނޫނީ މިއީ އެ ޕްރޮޑަކްޝަން ހައުސް އިން އުފައްދައި ސިނަމާއަށް ގެންދަން ތައްޔާރުވެފައި އޮތް ވަރުގަދަ ފިލްމު “ފުރޭތަ“އާއި ގުޅުން ހުރި ވަރުގަދަ ޚަބަރެއް ނެރެން ތައްޔާރުވަނީ އެވެ.
ކޮންމެއަކަސް މިކަހަލަ އެތަކެެއް ސްޕެކިއުލޭޝަން ތަކެއް ކުރެވިދާނެއެވެ. އެނގޭ އެއް ކަމަކީ ޑާކް ރެއިން އިން ވަރުގަދަ އެންގުމެއް އަންގަން ތައްޔާރަށް ތިބި ކަމެވެ. މާ ދުރު ތާރީޚެއްގައެއް ނޫނެވެ. 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހަކީ އެ ދުވަހެވެ. ރަށްފުށުގައި ރައްޔިތުން އެއްކޮށްލަން ‘ޔޯތް…. ޔޯތް….’ ގޮވާލާފައި ނޫނަސް ވަރުގަދަ އެންގުމެއް ޑާކްރެއިނުން އަންގާނެއެވެ. ތައްޔާރަށް ތިބެމާ ހިނގާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!