އަހަރެމެން އެންމެންވެސް ޕްލާސްޓިކް ފުޅިން ފެން ބޮއެ އުޅެމު އެވެ. ނަމަވެސް ޕްލާސްޓިކް ފުޅީގެ ފުލުގައި ހިމަނާފައިވާ ކޯޑުގައި ފޮރުވިފައިވަނީ ކޮންފަދަ އަނދިރި ސިއްރެއްކަން އެނގެނީ ކިތައް މީހުންނަށްބާ އެވެ؟

ޕްލާސްޓިކް ފުޅި އާއި ކޮންޓެއިނަރުގައި ކާބޯތަކެތި ބަންދުކޮށް ވިއްކާ މީހުން، އާއްމުންނަށް އަންގަން ބޭނުންނުވާ ހަތަރު ކަމެއް މި ލިޔުމުގައި ހާމަކޮށްލާނަމެވެ.

4- ޕްލާސްޓިކް ފުޅި ދެވަނަ ފަހަރަށް ބޭނުންކުރަން ނުވާ ސަބަބު

ފެން ހުސްކުރި ފުޅިއެއްގެ ފުލުގައި ލިޔެފައިވާ މެސެޖު

ޕްލާސްޓިކް ފުޅިއާއި އެހެނިހެން އާލާތްތައް ބޭނުންކުރުމުގައި މި ނިޝާންތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް

ޕްލާސްޓިކްގެ ބާވަތެއް ކަމަށްވާ ޕޮލިތައިލީން އަށް ދީފައިވާ ނަންބަރަކީ (2 އަދި 4) ކެވެ. ޕޮލިޕްރޮޕައިލީން (5 އަދި PP) އަށް ދީފައިވާނީ މި ނަންބަރާއި ކޯޑެވެ. މިއީ އެއް ފަހަރަށް ވުރެން ގިނަފަހަރު ބޭނުންކުރަން ރައްކާތެރި ޕްލާސްޓިކެވެ. ޖަގު، ދިޔާ އޯމޯ ފުޅި، ތެޔޮ ފުޅި، ކުޅޭ ތަކެއްޗާއި ބައެއް ޕްލާސްޓިކް ކޮތަޅު ތައްޔާރުކޮށްފައި ހުންނަނީ ‘2’ އަށް ގިންތިކޮށްފައިވާ ޕްލާސްޓިކުންނެވެ. މިފަދަ ޕްލާސްޓިކް ފުޅިވެސް ރައްކާތެރިވަނީ ފިނިކޮށްފައި ހުންނަ ތަކެތި އެޅުމަށް އެކަންޏެވެ.

3- ސާފުތާހިރުކަމަށް ފަރުވާކުޑަވުމާއި ބެކްޓީރިއާ

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިން ފެންބުއިމެކޭ ފާޚާނާ ތަށީގައި ދޫ ހޭކުމެކޭ ހަމަ އެއްވެސް ތަފާތެއް ނެތް!

ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިން ފެންބުއިމެކޭ ފާޚާނާ ތަށީގައި ދޫ ހޭކުމެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ނުވަތަ ކުއްތާއެއް ގެންގުޅެފައިވާ ކުޅޭއެއްޗެއްގައި ދޫލުމެކޭ ހަމަ އެއްވެސް ތަފާތެއް ނެތްކަމަށް ސައިންސްވެރިން ބުނެއެވެ. އެހެނީ އެފަދަ ފުޅީގައި އަށަގަނެފައި ހުންނަ ބެކްޓީރިޔާ ޖަރާސީމުގެ އަދަދު އިތުރުވެގެން ދަނީ ރައްކާތެރި ހައްދަށް ވުރެން މާބޮޑަށްވެސް މައްޗަށެވެ. އެހެންވާން މެދުވެރިވަނީ އަހަރެމެންގެ އަތް ނުސާފުކޮށް ހުއްޓާ ފުޅީގައި އަތްލުމުން، ފުޅިން ރީތިކޮށް ފެން ނުހިއްކުން ނުވަތަ ފުޅިއަށް ހޫނުފެން އަޅައިގެން ގެންގުޅުމުންނެވެ.

އެހެންވީމާ މިކަމަށް އޮތީ ކޮން ހައްލެއް ހެއްޔެވެ؟ ފުޅި ރަނގަޅަށް ދޮންނާށެވެ. ދޮންނާނީ ތާފަނާފެން ބޭނުންކޮށްގެން ތަށި ދޮންނަން ބޭނުންކުރާ ސައިބޯންޏެއް ލައިގެންނެވެ. ނުވަތަ ރާހުތް ބޭނުންކުރެވިދާނެ އެވެ.

ފުޅިން ފެންބުއިމަށް ފެންބޯ ހޮޅި ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް

2- ބޯން ބޭނުންކުރާ މިނަރަލް ވޯޓަރ އައިސްފައިވަނީ ކޮންތާކުން؟

ފެން ގަންނައިރު އެ ގަނެވޭ ފެނަކީ އިތުބާރުހިފޭ ބްރޭންޑަކަށް ވުން މުހިންމު

1- އެހާ ސިއްޙަތަށް ރައްކާތެރިއެއް ނޫނެވެ.

ބަންދުކޮށްފައި ހުންނަ ފްލެވަރޑް ފެނުގައިވެސް ހަކުރު އެކުލެވޭ

ފެން އުފައްދާ ކުންފުނިތަކުން ބޭނުންވަނީ އެމީހުންގެ މާރކެޓް ޒުވާނުންނާއި ކުޑަކުދިންނާއި ކުޅިވަރުކުޅޭ މީހުންނަށް އަމާޒުކުރާށެވެ. އެހެންކަމުން ބަންދުކޮށްފައި ހުންނަ ފެން އެމީހުން އުފައްދައި އިޝްތިހާރުކުރާނީ އެ ފެނުގައި ތަފާތު މީރު ރަހަތައް ހިމަނައިގެންނެވެ. އެއީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ޒާތްޒާތުގެ ބުއިންތަކަށްވުރެން ޞިއްޙަތަށް ފައިދާހުރި ބުއިންތަކެއް ކަމަށް ވަކާލާތު ކުރަމުންނެވެ.

ނަމަވެސް މިކަމުގެ ޙަޤީޤަތަށް ޖެހިލާއިރު، މިފަދަ ފެނުގައިވެސް ކޯކް، ފެންޓާ އަދި ސްޕްރައިޓް ފަދަ ބުއިންތަކުގައި ހަކުރު އެކުލެވޭ މިންވަރަށް ހަކުރު ހުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.