ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ލިޔުއްވާފައިވާ “ދިވެހިބަސް – ދިވެހީންގެ ޝަރަފު” ފޮތް މި މަހު 27 ވަނަ ދުވަހުގެ ރޭ ނެރެފި އެވެ. މި ފޮތް ނެރެދެއްވީ މިކަމަށްޓަކައި ޤައުމީ ދާރުލް އާސާރުގެ ވަށް މާލަމުއި ބޭއްވި ޚާއްޞަ ހަފުލާއެއްގައި ޤައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ.
“ދިވެހިބަސް – ދިވެހީންގެ ޝަރަފު” މި ފޮތަކީ ދިވެހި ބަހަށް އެތައް ޚިދުމަތްތަކެއްކޮށްދެއްވަމުން ގެންދަވާ އަޝްރަފް ޢަލީ ލިޔުއްވި އެންމެ ފުރަތަމަ ފޮތެވެ. މި ފޮތަކީ ދިވެހިބަހާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެކުލެވިގެންވާ ފޮތެކެވެ. މި ފޮތުގައި އިލްމީ މަޒުމޫނުތަކާއި ދިވެހިބަހަށް މިހާރު ވަމުންދާ ގޮތާއި ގުޅޭގޮތުން އަޝްރަފް ދެކިލައްވާ ގޮތް ބަޔާންކުރައްވާފައިވެއެވެ.
މި ފޮތުގައި ދިވެހިބަހުގެ ހަރުދަނާ، ވަރުގަދަ ސިޔާސަތުތަކެއް ވެސް ހުށަހަޅާފައިވެއެވެ. އެހެންކަމުން ދިވެހިބަހަށް މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މި ފޮތަކީ ވަރަށް ބޭނުންތެރި ފޮތެކެވެ. ވަކިން ޚާއްސަކޮށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އެސެސްމެންޓު ހެދުމުގައި ބޭނުންވާ ވަރަށް ގިނަ މައުލޫމާތު މި ފޮތުން ލިބޭނެއެވެ.
“ދިވެހިބަސް – ދިވެހީންގެ ޝަރަފު” ފޮތް ނެރެދެއްވުމުގެ ހަފުލާއަށް ފަހު މުނިއަވަސް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މި ފޮތަކީ ކޮންކަހަލަ ފޮތެއްކަން ޚުލާޞާ ގޮތެއްގައި ބަޔާންކޮށްދެއްވި އެވެ. މީގެ އިތުރުން ދިވެހިބަހުން ފޮތްތައް ނެރޭ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި އަޝްރަފު ނެރުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ މިފަދަ ބައެއް ފޮތްތަކާބެހޭ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.
މުނިއަވަސް ޓިކްޓޮކް މެދުވެރިކޮށް އިންޓަވިއު ބަލައިލެވޭނެ އެވެ.
@muniavas Aahraf Ali’s Interview about his new book on Dhivehi Language އަޝްރަފް ޢަލީގެ ‘ދިވެހިބަސް – ދިވެހީންގެ ޝަރަފު” ނެރުމުގެ ހަފުލާގައި ދެއްވި ބަސްދީގަތުން Event Coverage by @laina and @aishathshirani #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #maldivestiktok #muniavasnews #muniavas #dhivehibas #ashrafali ♬ original sound – MUNIAVAS
ލިޔުންތެރިޔާގެ ފުރަމަލަ
![އަޙްމަދު ރަޝީދު](https://www.muniavas.com/wp-content/uploads/2023/08/Ahmed-150x150.png)
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 ޖުލައި 2024މިއުޒިކީ ދުނިޔެދިވެހި ފިލްމީ ފަންނާނުންގެ “ތަރިންގެ ރޭ” ޖުލައި 25 އަދި 26 ގައި
- 28 ޖޫން 2024ޚަބަރުސަންނުގެ ހަތަރުމައިންގެ ހުނަރުވެރިކަން “ޔާ ސްޓޫޑިއޯ” ގެ ދެ ކުރު ފިލްމުން
- 28 ޖޫން 2024ޚަބަރުއަޝްރަފް ޢަލީގެ “ދިވެހިބަސް – ދިވެހީންގެ ޝަރަފު” ނެރެފި
- 28 ޖޫން 2024ޚަބަރުފިލްމު “ކަމަނާ” ގެ ފުރަތަމަ ޕޯސްޓަރ އާއްމުކޮށްފި