ދިވެހި ފަންނާނެއްގެ މަސައްކަތްތައް ބޭރު ދުނިޔޭގެ އޮޅިއަކުން ތަޢާރަފުވެ އަހަރުމެންނާ ހަމައަށް އައުމުން އެ ލިބޭ އުފާވެރިކަމަކީ ޤައުމާމެދު އޮންނަ ލޯބި ރަމްޒުކޮށްދޭ ކަމެއްކަން ޔަޤީނެވެ.

ރާއްޖޭގެ ޒުވާން މިއުޒީޝަން‏ އަޙްމަދު އަދުހަމްގެ އާ ލަވައެއް މިއަދު މިވަނީ ރިލީޒްކޮށްފައެވެ. އިންޑިއާގެ ޕްރޮޑަކްޝަން ސްޓޫޑިއޯއެއް ކަމަށްވާ ވިންޑިކްޓިވް ރެކޯޑްސް އިން މިއަދު ނެރެފައިވާ “ރިމެމްބަރ މައި ނޭމް” އަކީ އަދްހަމްގެ އަމިއްލަ ލިރިކްސްއަކަށް އަދްހަމް އެކަނި ކިޔާފައިވާ ލަވައެކެވެ. އިނގިރޭސި ހިޕްހޮޕް އަދި ރެޕް ސްޓައިލްގެ މި ލަވައިގެ ވީޑިއޯއިން އަދްހަމް ފެނިގެންދެއެވެ.

“ރިމެމްބަރ މައި ނޭމް” ލަވައަކީ ވަކި މަންޒިލެއް ހާސިލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކާމިޔާބަށް ވާޞިލުވެވޭނެކަން ދައްކުވައިދޭ ލަވައެކެވެ. ސާބިޤް ޓިއުންޒް އިން ގެނެސްދީފައިވާ މި ލަވައިގެ ވީޑިއޯއިން ދައްކުވައިދެނީ ހަޤީޤީ ހާދިސާއެކެވެ.

ވިންޑިކްޓިވް ރެކޯޑްސް އިން އަދްހަމް ތައާރަފް ކުރުމަށް މިދިޔަ މަހު ހަތްވަނަ ދުވަހު “ހޯޕް”ގެ ނަމުގައި ލަވައެއް ނެރުނެވެ. މި ލަވައަކީ އިންޑިއާގެ ލަވަކިޔުންތެރިޔާ މަނޫ ރާއީއާއެކު އަދުހަމް ކިޔާފައިވާ ލަވައެެކެވެ. މި ލަވައިގައި އަދުހަމް ކިޔާފައި ވަނީ ކުޑަ ތަންކޮޅެއް ނަމަވެސް، އޭނާގެ ހިންދީ ލަވަތައް ހިމެނޭ އަމިއްލަ ފުރަތަމަ އަލްބަމް އެ ސްޓޫޑިއޯއާއެކު ނެރުމަށް ދަަނީ ތައްޔާރުވަމުންނެވެ.

ވިންޑިކްޓިވް ރެކޯޑްސް އިން އަދްހަމްގެ އަމިއްލަ 9 ލަވަ މިހައިތަނަށް ރެކޯޑްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިންދީ ހަތަރު ލަވައާއި ތިން އިނގިރޭސި ލަވަ ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ ފުރަތަމަ ލަވަ މިއޮތީ މިއަދު ނެރެފައެވެ. “ރިމެމްބަރ މައި ނޭމް” އިން ހަމަ ގައިމުވެސް އަދްހަމްގެ ނަން ދިވެހީން ހަނދާންކުރާނެ އެވެ.

@muniavas Adhuham’s “Remember My Name” Released @Ahmed Adhuham #muniavas #fvp #fvpシ💕foryou #foryoupage #contentcreators #maldivestiktok #fvpviral #maldiviansinger ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.