ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދައި މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް “ކަމަނާ” ފިލްމްގެ ޓިކެޓްގެ ޑިމާންޑްވެ ކޮންމެ ހަފުތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ނިންމައިފިއެވެ.
ސެޓަރން ސްޓޫޑިއޯގެ ފަރާތުން މުނިއަވަސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ 27 އޯގަސްޓް އިން 14 ސެޕްޓެމްބަރަށް ފިލްމް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 6 ޝޯވގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައިވާ ކަމަށާއި، އަދި އޮލިމްޕަސް ސިނަމާ އިތުރު މުއްދަތަކަށް ލިބެން ނެތުމުން ޑިމާންޑަށް ބަލައި ކޮންމެ ހަފުތާ ބަންދެއްގައި އިތުރު ޝޯވތަކެއް ދެއްކުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން 27 އޯގަސްޓް އިން ފެށިގެން 14 ސެޕްޓެމްބަރާއި ހަމަޔަށް ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 20:30ގެ ޝޯވގެ އިތުރުން 23:30ގެ ޝޯވގެ ޓިކެޓް 12 އޯގަސްޓުން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި 7458800 އަށް ވައިބަރކޮށްގެން ޓިކެޓް ގަނެވޭނެ ކަމަށް އޮފިޝަލު ބުނެފައިވެއެވެ.
“އަޅުގަނޑުމެންނަށް އޮލިމްޕަސް ލިބިފައި އިނީ އެންމެ 19 ދުވަހަށް. ފިލްމަށް ޑިމާންޑް އޮތްވަރުން 19 ދުވަހުން ފިލްމު ބަލަން ބޭނުންވާ އެންމެނަށް ފިލްމު ބެލުމުގެ ފުރުސަތު ނުލިބިދާނެތީ ހަފުތާ ބަންދުގައި އިތުރު ޝޯވތަކެއް ދައްކަން ނިންމީ.”
— ސެޓަރން ސްޓޫޑިއޯ
ދިވެހި ފިލްމް ކަމަނާ އަކީ ދިވެހިރާއްޖޭގައި ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާކުރުމާއި ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ޙާދިސާ އަކަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސަޒާ، ދިލަކަނި ފަދަ ފިލްމްތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްފީފައިވާ ޒުވާން ޑައިރެކްޓަރ ޙުސައިން މުނައްވަރު އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!