24 އޮގަސްޓް 2024 ގައި އިންޑިއާގެ ބެންގަލޫރުގައި ބޭއްވުނު ދާދާ ސާހިބް ޕަލްކޭ އެޗީވަރސް އައިކޮން އެވޯރޑްގައި ހިމެނޭ މުނިފޫހިފިލުވުމުގެ ދާއިރައަށް ޚިދުމަތްކޮށްދިނުމުގެ ރޮނގުން ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް (ހަޔާތީ އަރުތަ އިނާމު) ރާއްޖޭގެ މަޝްހޫރު ފިލްމީތަރި މުހައްމަދު ރަޝީދު (ދަރާ) އަށް ލިބިއްޖެއެވެ. ދިވެހި ފިލްމު އެވޯޑްސް 9ގައި ވެސް ހަޔާތީ އަރުތަ އިނާމު ލިބިފައިވާ މުޙައްމަދު ރަޝީދު މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ މި އަހަރަށް 44 އަހަރު ވާނެ އެވެ.
ދަރާ ރަޝީދު ފިލްމީ ދާއިރާއަށް ވަނީ މީގެ 44 އަހަރު ކުރިންނެވެ. އޭރު ރަޝީދުގެ އުމުރަކީ އެންމެ 18 އަހަރެވެ. ރަޝީދު އޭރު ވަޒީފާ އަދާކުރަމުން ދިޔަ ޓެލެވިޛަން މޯލްޑިވްސްްގެެ އަހަރީ ދުވަހަށް ހެދި ފިލްމަކުން ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު “ނަތީޖާ” އިންނެވެ.
ރަޝީދަށް މި ލިބުނު އެވޯޑްގެ އިތުރުން ރަޝީދު މައި ތަނބެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާރޓްސް (އެމް.އެސް.ޕީ.އޭ)އަށް ޔުނިވަރސަލް އައިކޯރން އެޗީވަރސް އެވޯރޑް ވެސް މި ހަފުލާގައި ލިބިފައިވެއެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކި ރޮނގުތަކުން ޚިދުމަތްކޮށްދެމުން އަންނަ ވަކި ޖަމާއަތް ޖަމިއްޔާތަކަށް އަމާޒުކޮށްގެންދެވޭ އެވޯޑެކެވެ. މި ދެ އެވޯޑްސް ބޭއްވިފައިވަނީ މި އޮގަސްޓް މަހުގެ 24ގައި އިންޑިއާގެ ބެންގަލޫރުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި
- 13 ސެޕްޓެމްބަރ 2024ޚަބަރު“ކަމަނާ” ގެ ވަދާޢީ ފަސް ޝޯގެ ޓިކެޓް ވިއްކަން ފަށައިފި