@ahmedkhalaf__ 📍Masjid At-Tauba , H.DH , Nolhivaranfaru The melody of this Azan can be called as a kurdi or nabawi melody. Mostly it is a mixed of both kurdish and nabawi Azan. I have posted a Azan as same like this before. But this one have a bit of modification. And was on fever when calling this one. #fypシ゚viral #tiktokmv #maldives #fyp #fyppppppppppppppppppppppp ♬ original sound – ahmedkhalaf

މާޝާﷲ، މި ޒުވާނާ ކީރިތި ޤުރުއާން ކިޔަވާއަޑާއި ބަންގި ގޮވާއަޑު އިވުނަސް ހައިރާންކަމާއެކު، އެ ހިތްގައިމު އަޑު އަހަން ކިތަންމެ އިރަކުވެސް އިނދެވިދާނެއެވެ. މިސްކިތުގައި ބަންގި ގޮވަން ހުންނައިރު ހެދުން އަޅާފައި ހުންނަނީ ޢަރަބިން ހެދުން އަޅާ ގޮތަށެވެ. ހެދުމުގެ ހިތްގައިމުކަމަށްވުރެން، މާ ބޮޑަށް ވެސް މި ޒުވާނާގެ އަޑާއި މަޚްރަޖާއި ރާގުތައް ގެންގުޅޭ ލެއް މާ ފުރިހަމައެވެ. އެހެނަސް…… އެހެނަސް މި ޒުވާނާއަކީވެސް ‘ޓިޕިކަލް ލޯ ގްރޭޑް ވިސްނުން ގެންގުޅޭ ނިސްބަތުން މަދު ބައެއްގެ’ ބުލީގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ.

މިއީ ބޮޑުތިލަދުންމަތީ ނޮޅިވަރަންފަރު ސްކޫލުގެ ޤުރުއާން ޓީޗަރަކަށް ދިމާވެފައިވާ ބުލީކުރުން ނުވަތަ ގަނާކުރުމުގެ ވާހަކަތަކެކެވެ. މިއީ އަޙްމަދު ޚަލަފްގެ ހުނަރުވެރިކަމުގެ ވާހަކަތަކުގެ ތެރެއަށް ހިޔަނިއެޅިފައިވާ ގަނާކުރުމުގެ ހިތްދަތި ވާހަކަތަކެކެވެ.

“މީހެއްގެ އެދުމުގެ މަތިން ވޭތުވެދިޔަ 2 އަހަރު ތެރޭ ބައިވަރު މަދަހަ ރެކޯޑްކޮށް ވީޑިއޯ ހަދައި އެކި ސޯޝަލް މީޑިއާގެ މަންސަތަކަށް ދޫކޮށްލިން. ނަތީޖާ ދިޔައީ ހީކުރި ގޮތާ ޚިލާފަށް ހިތިކޮށް. ކުރީ މަލާމަތް، ގަނާކުރުން ހައްދުފަހަނައަޅައި ދިޔަކަން އެނގުނީ އަމިއްލަ ޢާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިންވެސް އެކަމުގައި ބައިވެރިވެ ދިޔުމުން. އަމިއްލަ ކަންފަތުން އެ މީހުންގެ އަޑު އެހުންވީ ވޭނަކަށް. އެކަމާއި ހުރެ ދިވެހި މަދަހަ އަދި ޅެމާއި ދުރަށް ދިޔައީ ސޯޝަލް މީޑިއާއަށް ލީ ހުރިހާ ކޮންޓެންޓެއް ޑިލީޓްކުރުމަށްފަހު.

— އަޙްމަދު ޚަލަފްގެ ފޭސްބްކް ސްޓޭޓަސްއިން

މަތީގައި އެވަނީ އަޙްމަދު ޚަލަފް މިދިޔަ އޯގަސްޓް މަހުގެެ 29ވަނަ ދުވަހު އޭނާގެ ފޭސްބްކްގައި އާއްމުކޮށްފައިވާ ކުރު ބަޔާނެއްވަރުގެ ސްޓޭޓަސްއަކުން ތަންކޮޅެކެކެވެ. މި ސްޓޭޓަސް އިން އެންމެ ހިތްދަތި ތަންކޮޅަކަށް ފެނުނީ “ކުރީ މަލާމަތް، ގަނާކުރުން ހައްދުފަހަނައަޅައި ދިޔަކަން އެނގުނީ އަމިއްލަ ޢާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިންވެސް އެކަމުގައި ބައިވެރިވެ ދިޔުމުން.” މި ޢިބަރާތްކޮޅެވެ. އެންމެ ގާތުން ތަރުހީބާއި އެއްބާރުލުން ދޭން ތިބެން ޖެހޭ މީހުން، އާދެ ޢާއިލާގެ ބައެއް މީހުންނާއި ގާތް ބައެއް ރައްޓެހިންވެސް ޚަލަފަށް ގަނާކުރުމުގައި ބައިވެރިވި ކަމަށް މި ސްޓޭޓަސްއިން އެނގިފައިވެވެ. މިއީ ޙަޤީގަތެއްކަން ޚަލަފްގެ ގާތް ރައްޓެއްސެއް ކަމަށްވާ އަލީފް މުނިއަވަސް އޮންލައިންއަށް ކަށަވަރުކޮށްދީފައިވެއެވެ.

“ވޭތުވެދިޔަ 7، 8 މަސްދުވަހު ތެރޭ މީހުން ވަރަށް ގިނައިން ޕްރައިވެޓްކޮށް މެސެޖްކޮށް އަދި ގުޅައިގެންވެސް އަހާ ސުވާލެއް އޮވޭ
“ދިވެހި މަދަހަ، ޅެން ކިޔާފަ ޕޯސްޓް ނުކުރަނީ ކީއްވެހޭ؟”.
މިއަދު މިއަށް ޖަވާބެއް ދޭން އަސްލު ހިތަށް އެރީ ވަރަށް ބޮޑަށް ވިސްނުމަށްފަހު، އަދި ވަރަށް ގާތް ރައްޓެއްސަކާއި ވާހަކަ ދައްކާލުމަށްފަހު!
ހަނދާންވާން ފެށިއިރުންސުރެ އަޅުގަނޑަކީ ދިވެހި އަކުރު ކިޔަން، ވާހަކަ ދެއްކުމުގައި ކުޑަކޮށް އުނދަގޫވި މީހެއް. މާތްﷲގެ އިރާދަފުޅުން، މަންމަގެ ވަރަށް ބުރަ މަސައްކަތުން ވާހަކަދެއްކުމުގައި ހުރި އުނދަގޫތައް ރަނގަޅުވެގެންދިޔައީ. ނަމަވެސް، އަލްޙަމްދުﷲ، އެންމެ ކުޑައިރުއްސުރެވެސް ޢަރަބި ބަސް، ޢަރަބި އަކުރުތައް ކިޔުން ވީ ފަސޭހަ ކަމަކަށް. ޤުރްއާން، ޢަރަބި މަދަހަ، ބަންގީގެ ތެރެއަށް ވަދެވުނީ އެހިސާބުން. މާލޭގައި ޢާއިލާ އާއި އެއްކޮށް އުޅުނު އިރުވެސް ދުވާލުގެ ގިނަ ވަގުތު ހޭދަކުރެވުނީ އެއްގެއެއްގައި އުޅުނު އެކި ޤައުމުގެ ޢަރަބިންގެ ތެރޭ. ދަސްވީ ޢަރަބި ސަޤާފަތް، ޢަރަބީންގެ ވައްޓަފާޅި
.

— އަޙްމަދު ޚަލަފްގެ ފޭސްބްކް ސްޓޭޓަސްއިން

ޚަލަފްގެ ސްޓޭޓަސް ފަށާފައިވަނީ އޭނާއަށް ކުރިމަތިލާން ޖެހުނު ހިތްދަތި ގަނާކުރުންތަކާއި ފުރަތަމަ ފަހަރަށް ކުރިމަތިލާން ޖެހުނު ކަންތައްތައް ބަޔާންކުރަމުންނެވެ. ޚަލަފްގެ ވާހަކަތަކުން އެނގެނީ އޭނާއަކީ ކުޑައިރުން ފެށިގެންވެސް ދިވެހި އަކުރު ކިޔުމާއި ދިވެހިބަހުން ވާހަކަދެއްކުމުގައި އުނދަގޫތަކެއް ތަހައްމަލުކުރި މީހެއް ކަމަށެވެ. އަދި ވާހަކަދެއްކުމުގައި ހުރި އުނދަގޫތައް އޭނާގެ މަންމަގެ ބުރަ މަސައްކަތުން ރަނގަޅުވެގެންދިޔަ ކަމެވެ. މި ހުރިހައި ކަމެއް މިހެން ހުއްޓަސް، މާތްﷲ ސުބްޙާނަހޫ ވަތައާލާގެ ހެޔޮ ރަޙްމަތާާއި މިންވަރުފުޅުން ޢަރަބި އަކުރާއި ޢަރަބި ބަހާއި ކީރިތި ޤުރުއާނުގެ މާތް ކަލިމަތައް ‘އަރައްބެއް ފަދައިން’ ނޫނަސް ހަމަ އެހާމެ ފަސޭހަކަމާއެކު ޚަލަފަށް ބޭނުންކޮށްލެވެއެވެ. ޚަލަފަށް އެހާ ފުރިހަމައަށް ޤުރުއާން ކިޔަވައި ބަންގި ގޮވައިލެވޭ ސަބަބު މިންވަރުކުރެއްވި ﷲ ސުބްޙާނަހޫ ވަތައާލާގެ ރަޙުމަތުގެ ބޮޑުކަން މިކަމަށް ވިސްނައިލިޔަސް އެނގޭނެއެވެ.

@ahmedkhalaf__ سورة الأعلى #fypシ #fyppppppppppppppppppppppp #tiktokmv #vocal #viral #fyp #quranlovers #ramadan #sudais #masjidilharam #masjidnabawi ♬ original sound – ahmedkhalaf

ކަން މިހެން އޮތް ނަމަވެސް، ޚަލަފު ދިވެހި މަދަހަ އަދި ޅެންފަދަ ތަކެތި ކިޔުމުގައި ‘އައިބު ގޮތެއް ހުންނަ ކަމަށް ބުނެ ހަނގާކުރާ ކޮށި ވިސްނުމުގެ އަހުލުންނަށް’ ނުވިސްނޭ މިންވަރު ޚަލަފު އާއްމުކޮށްފައިވާ ވީޑިއޯތައް ރަނގަޅަށް އަޑުއަހައިލުމުން އެންމެ ކޮށި ވިސްނުމުގެ މީހަކަށްވެސް އެނގޭނެއެވެ.

އުމުރުން 24 އަހަރުގެ އަޙްމަދު ޚަލަފް އަކީ ހދ. ނޮޅިވަރަންފަރު ސްކޫލުގެ ޤުރުއާން މުދައްރިސެކެވެ. މިސްކިތްތަކުގައި ނިކަން ހިތްގައިމުކޮށް ބަންގި ގޮވައި ނަމާދުކޮށް އުޅޭ މުއައްޒިނެވެ.

ޚަލަފަކީ މީހުންނަށް ވަރަށް ހިތްހެޔޮ، ވަރަށް އަޚްލާޤް ރަނގަޅު، އެންމެނާ ވަރަށް ގުޅޭ އެކުވެރިއެއް ކަމަށް ދެކޭ ރަނގަޅު ރައްޓެހިން ޚަލަފާއި މެދު ފަޚުރުވެރިވެއެވެ. ޚަލަފަށް ގަނާކުރާތީ ކަންބޮޑުވެއެވެ. އެކަން މި އާޓިކަލް ލިޔުމަށް އިސްނެގި އަލީފް ޢަލީ މުނިއަވަސްއާ ހިއްސާކުރި ވާހަކަތަކުން މާބޮޑަށްވެސް ސާފުވެއެވެ. ޢަލީފް ބޭނުންވީ ޚަލަފަށް ނުވެސް އަންގައި މި އާޓިކަލް އާއްމުކުރުމަށެވެ.

“ގަނާކުރުމާއި، މީހުންނަށް މަލާމާތާއި އެއްޗިހިގޮވުމަކީ އޭގެ ހިތިކަން އެބަޔަކު ދެކޭނެ ކަންތައްތައް.
ދެގޮތެއް ނުވެ އޭރުވެސް މިހާރުވެސް އެންމެ ކައިރީ ތިބި އަލީފް ޢަލީ، މުޙައްމަދު މައިސާން އަށް ވަރަށް ޝުކުރު
.

— އަޙްމަދު ޚަލަފްގެ ފޭސްބްކް ސްޓޭޓަސްއިން

ޚަލަފްގެ ހުރިހައި ވީޑިއޯއެއް އަހަރުމެން ބަލައިފީމު އެވެ. ބުނެވެން އޮތީ ތަކުރާރުކޮށްވެސް ހަމަ އެންމެ ވާހަކައެކެވެ. “މާޝާﷲ… މާތްﷲ ތިބާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތުގެ ކުރިމަތީގައި ކޮށި ވިސްނުން ގެންގުޅޭ މަދު ބައެއްގެ ގަނާކުރުމަކީ ޖަނަވާރު ކައިފައި ހުރި ހުއިތަކެއް ފަދަ އެއްވެސް އަގެއް، ބުރަދަނެއް ނެތް އެއްޗެކެވެ. ޒުވާނުން ބުނާގޮތަށް ނަމަ ބުނެލާން އޮތީ ބްރޯ … ކައޭ ކަންބޮޑު ނުވެ ޗިލްކޮށްލާށެވެ. ޖޭވާ މީހުން ޖޭވެގެން އަތުންފައިން ގޯސްވެސް ހަދާނެއެވެ. މުސްކުޅިން ބުނާހެން ބުނާނަމަ ބުނެލަން އޮތީ އެވެރިން އެ ކިޔާ އެއްޗަކަށް ނުވިސްނާ ހުންނަންވީ ‘ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައިނުލާ’ ހުންނަ ފަދަ ގޮތަކަށެވެ.

އަޙްމަދު ޚަލަފް އަކީ ހުނަރުވެރި ފަންނާނެކެވެ. ﷲގެ ޙަޟްރަތުގައި އަގުއުފުލިގެންވާ ހުނަރުތަކެއް ލިބިފައިވާ ޒުވާނެކެވެ. އެންމެ އަގުހުރި ޞަދަޤާތްތަކުގެ ތެރޭގައި ހިމެނޭ ޤުރުއާނުގެ ޢިލްމު އުނގަންނައިދޭ ޢާލިމެކެވެ. މާތްﷲ ތިބާއަށް ބަރަކާތާއި ކުރިއެރުމާާއި ފާގަތިކަން މިންވަރުކުރެއްވުން އެދި އަހަރުމެންނާއެކު މި ލިޔުން ކިޔާ އެންމެންވެސް ދުޢާކުރުމަށް އަހަރުމެންގެ ޓީމުން އެދެމެވެ.

ރިޕޯޓްގެ ވީޑިއޯ:-

@muniavas ބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް! Bully ge Shikaara eh! Ehenas, Mee Fisaari Hunaruveriyeh! Report, Narrayion and Editing by: @Ahmed Rasheed FB Status Dialogue Voice by: @MAALIK966 #bullying #antibully #muniavas #maldives #dhivehitiktok #fvpviral #fvp #dhivehitiktok @Aleef Ali ( liftey ) @ahmedkhalaf ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.