ދިވެހި ފިލްމު ބަލާ އޯޑިއަންސް އެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފިލްމު “އުދަބާނި 2” މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ.

ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން އުފައްދާފައިވަ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2” ޑައިރެކްޓްކޮށްފައިވަނީ މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ.

ވަރުގަދަ ވީއެފްއެކްސް މަންޒަރުތަކަ​ކާއެކު މިރޭ ރިލީޒްކުރާ މި ފިލްމުގެ ލީޑްގައި ފެންނާނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ސުހާއެވެ. މީގެ އިތުރުން، ހާމިދު ޢަލީ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ. 

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.

2009ގައި ނެރުނު ބިރުވެރި ފިލްމު “އުދަބާނި” އަކީ އެ އަހަރު އޮލިމްޕަހުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ފިލްމުކަން ފާހަގަކޮށްލެވެއެވެ. “އުދަބާނި 2” އަށް މި ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު ތަރުހީބަށް ވުރެން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފިލްމު އުފައްދާ ޓީމުން އުއްމީދުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.