ޑާކް ރެއިން އެންޓަޓެއިންމެންޓުން 07 އޮކްޓޫބަރުގައި ރިލީޒްކުރާ ފިލްމު “ބިބީ”ގެ ޕްރޮމޯޝަން ލަވަ ‘ލާލު ބިބީ’ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
ހިތްގައިމު ލަވަ ‘ލާލު ބިބީ’ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ރެޕްގެ ދުނިޔޭގައި ރާއްޖޭގެ ނަންބަރ ވަން ޓޯއީ އެވެ. ‘ލާލު ބިބީ’ ލަވައިގެ ޅެން ހަދާފައިވަނީ ވެސް ޓޯއީ އެވެ.
‘ލާލު ބިބީ’ ވީޑިއޯ އިން ފިލްމުގެ މެއިން ކާސްޓާއެކު އަޝްފާ އަދި ޓޯއީ ފެނިގެންދެއެވެ. މީގެ އިތުރުން ޚާއްޞަ ފެނިލުމަކުން ފިލްމުގެ ޑައިރެކްޓަރ ޝަހޫ ފެނިގެންދެއެވެ. މި ހިތްގައިމު ލަވައިގެ ޑައިރެކްޝަން، ކޮރިއޮގްރަފީ، ކޮސްޓިއުމް އަދި މޭކަޕް ހެދީ ސޭންޑީއެވެ.
ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، މިކްސިން އަދި މާސްޓަރިން ހެދީ ޙުސައިން ތަޢުފީޤެވެ. ވީޑިއޯ ލަވައިގެ ސިނަމޮޓޯގްރަފީ އަދި އެޑިޓިން ހެދީ އަޙްމަދު ޒިފާފް އެވެ.
ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށްފައިވާ “ބިބީ” އަކީ ބެލުންތެރިން ބިރުގަންނުވައިލުމާއެކު ހެއްވާލާނެ ފިލްމެކެވެ. މިއުޒިކް ޕްރޮޑަކްޝަން ހެދީ ޑިމޮން އެންޑް ޕެންޑާ އެވެ. ހޫދު އިބްރާހީމް އަދި ޝަހުދާ މަހުމޫދު ޕްރޮޑަކްޝަންގައި މަސައްކަތްކޮށްފައިވާ މި ލަވައިގެ ވީއެފްއެކްސް ހެދީ ވިޝާލް ޒަކީ އެވެ. ވީޑިއޯ މާސްޓަރިން ހެދީ ޢަލީ ޝިފާއު އެވެ.
“ބިބީ”ގެ ކާސްޓަށް ބަލައިލާއިރު ފިލްމުގެ ލީޑުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އަދި ޑާކް ރެއިންގެ އެންމެ ފޭވަރިޓް އެއް ބަޠަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސަޢީދު، ފުބޫ، އަމަން އަދި ވަރަށް ޚާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ވެސް ފެނިގެންދާނެ އެވެ.
“ބިބީ”ގެ ޓިކެޓް ހޯދުމަށް 9911229 އަށް ވައިބަރު ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެޖެސްކޮށްލައިގެން ޓިކެޓް ގަތުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!