ހާމިދު ފިލްމްސްގެ ލޯބީގެ ބިރުވެރި ފިލްމު “އުދަބާނި 2” އަތޮޅު ތެރެއަށް މިސްރާބު ޖަހައިފި އެވެ. މި މަހު 19 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި “އުދަބާނި 2” އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ދައްކަން ހަމަޖެހިފައިވާއިރު މިމަހު 27 ވަނަ ދުވަހުގެ ރޭ ޅ. އޮޅުވެލިފުށީގައި، އަންނަ މަހު ތިންވަނަ ދުވަހުގެ ރޭ ފ. ނިލަންދޫގައި، 26 ވަނަ ދުވަހުގެ ރޭ ކ. ގުރައިދޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

26 ސެޕްޓެމްބަރު 2024 – ކ. ގުރައިދޫގައި ބާއްވާ ޝޯގެ ޓިކެޓް ހޯދުމަށް 7693986 އަށް

27 ސެޕްޓެމްބަރު 2024 – ޅ. އޮޅުވެލިފުށީގައި ބާއްވާ ޝޯގެ ޓިކެޓް ހޯދުމަށް 7447078 އަށް

03 އޮކްޓޫބަރު 2024 – ފ. ނިލަންދޫގައި ބާއްވާ ޝޯގެ ޓިކެޓް ހޯދުމަށް 9131193 އަށް ގުޅައިގެން ޓިކެޓްގެ ކަންކަން ހަމަޖެހޭނެއެވެ.

ފިލްމު “އުދަބާނި 2″ގެ އިތުރު ޝޯތަކެއް 27 ސެޕްޓެމްބަރު 2024 ވާ ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކާނެ އެވެ. އެގޮތުން ރޭގަނޑު 08:30ގެ ޝޯގެ އިތުރުން މެންދަމު 12:30ގައި ވެސް ޝޯއެއް އޮންނާނެ އެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ގަންނަން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7762077 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ. މީގެ އިތުރުން މި ފިލްމު ރަށްރަށުގައާއި ރިޒޯޓްތަކުގައި ދައްކަން ބޭނުންވާ ފަރާތްތަކުންވެސް މި ނަންބަރަށް ގުޅުމަށް ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

ފިލްމު “އުދަބާނި 2” އޮލިމްޕަހުގައި ދައްކާ ކޮންމެ ޝޯއަކުން ނަސީބުވެރި ފަރާތެއް ހޮވުމަށްފަހު އެ ފަރާތަކަށް އޮކްސިޖަން ކެފޭ އިން ދެ މީހުންނަށް ލަންޗް ބުފޭއެއް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “އުދަބާނި 2” ޑައިރެކްޓްކޮށްފައިވަނީ މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) އެވެ. މި ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ އަހްމަދު އީސާ (އާނަންދު)އެވެ. ބަތަލާއެއްގެ ގޮތުގައި ސުހާއެވެ. މީގެ އިތުރުން، ހާމިދު ޢަލީ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާ އަދި ވަހީދު ހިމެނެއެވެ. 

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު މާކުރަތުގައެވެ. މިއީ ފުރަތަމަ ފިލްމު ވެސް ޝޫޓު ކޮށްފައިވާ ރަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.