ރާއްޖޭގައި ކްލަބްހައުސް އެންމެ ވަރުގަދަ އަށް ވައިގައި ހިފައިގެން ދިޔަ ދުވަސްވަރު އެ މަންސަގެ ތެރެއިން އާއްމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދި “ސުންދަރު” ކެރެކްޓަރ ހިމަނައިގެން މުނިއަވަސް ކްލަބްހައުސް އިން ގެނެސްދިން “ސުންދަރު ޝޯވ”ގެ ދެވަނަ ސީޒަން މުނިއަވަސް ޓިކްޓޮކުން ގެނެސްދޭން ފަށައިފިއެވެ. “ސުންދަރު ޝޯވ – އަވަރ ދޭސީ-ޕަރްދޭސީ ފްރެންޑް” މި ޝޯވ ވަގުތުން ގެނެސްދެމުން އަންނަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު 10:00 އިން 12:00 އަށެވެ.

@muniavas Sundharu Song – #sundharushow ♬ original sound – MUNIAVAS

ް18 އަހަރުން މަތީގެ އުމުރުފުރާއަށް ޚާއްޞަކޮށްފައިވާ “ސުންދަރު ޝޯވ”ގައި ހީނހީނ އަވަދިވާހާ މަޖާ ވާާހަކަތަކެއް އިވިގެންދާނެ ޝޯއެކެވެ. “ސުންދަރު ޝޯވ”އަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ޚިޔާލާ މަޝްވަރާ އާއި ނަސޭހަތް ބޭނުންވެފައިވާ ފަރާތްތަކަށް، މަޖާ މާހައުލެއްގައި ނަސޭހަތްތެރިވެދިނުމަށް ގެނެސްދޭ ޝޯވއެކެވެ.

މި ޝޯވގައި ފާޅުކުރާ ޚިޔާލުތަކާ މަޝްވަރާތަކާއި ދެވޭ ނަސޭހަތްތައް ބިނާކޮށްފައިވަނީ މާބޮޑު ސީރިއަސްކަމެއް ނެތި، މުނިއަވަސްފިލުވައިދޭ ކޮންޓެންޓްތަކެއްގެ ސިފައިގައެވެ. އެހެންކަމުން “ސުންދަރު ޝޯވ”ގައި ފާޅުކުރާ މި ދެންނެވިފަދަ ވާހަަކަތައް ސީރީއަސްކޮށް ނުނެންގެވުމަކީ ޝޯވގެ ޕްރޮޑަކްޝަން ޓީމާއި މުނިއަވަސްގެ އެދުމެވެ.

މި ޝޯވ ހޯސްޓްކޮށްދެނީ މުނިއަވަސްގެ ޕްރޮގްރާމު ހޯސްޓް ލައިނާ އެވެ. ލައިނާގެ އިތުރުން ޓިކްޓޮކްގެ މަޝްހޫރު ފަންނާނު އަދި މުނިއަވަސް ޓީމުގެ މެންބަރު “މަންމަ އިވްރީ”އާ އެކު މުނިއަވަސް ޓީމުގެ މެންބަރުންވެސް ބައިވެރިވެއެވެ.

“ސުންދަރު ޝޯވ – އަވަރ ދޭސީ-ޕަރްދޭސީ ފްރެންޑް”ގެ ދެ އެޕިސޯޑެއް މިހައިތަނަށް ގެނެސްދީފައިވާއިރު އެހުންތެރިންގެ ބޮޑު ތަރުހީބެއް މި ޝޯއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިމަހު 14 ވަނަ ދުވަހުގެ ރޭ ގެނެސްދިން ފުރަތަމަ ޝޯއަށް ޖުމްލަ 1401 ވިއުޒް ލިބިފައިވެއެވެ. އަދި މިމަހު 21 ވަނަ ދުވަހުގެ ރޭ ގެނެސްދިން ޝޯއަށް 1680 ވިއުޒް ލިބިފައި ވެއެވެ.

“ސުންދަރު ޝޯވ”ގައި އިވިގެންދާ ސުންދަރަކީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީ ކެރެކްޓަރއެއް ކޮމެޑީ ސްޓައިލްގައި ވާހަކަދައްކާ ޝޯއެކެވެ. އެހުންތެރިންނަށް ވެސް ބައިވެރިވެ ސުންދަރާ ސުވާލުކޮށް ވާހަކަދައްކާ މަޖާކޮށްލުމުގެ ފުރުޞަތު ލިބިގެންދާ މި ޝޯވގައި ސުންދަރުގެ ފަރާތުން މަޖާ ގޮތަކަށް ލައިފް އެޑްވައިޒްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއެއްގެ ޝޯގައިވެސް ތަމަޅަ ލަވައެއް ދިވެހި މާނައާއެކު އިއްވާލާނެއެވެ.

“ސުންދަރު ޝޯވ”ގެ އެޕިސޯޑްތަކުގެ ރެކޯޑިން މުނިއަވަސް ޓިކްޓޮކްގެ “ސުންދަރު ޝޯވ” ޕްލޭލިސްޓުން އަޑުއަހައިލެވެން ހުންނާނެއެވެ.

Playlist SUNDHARU SHOW Episodes created by @muniavas (tiktok.com)
s

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.