ދިވެހީންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ހިންގަމުން އަންނަ ‘ދިވެހި އެފްއެމް91’ އިން ކޮންމެ ހޯމަ ދުވަހެއްގެ ރޭ 10:00 ން 11:00 އަށް ގެނެސްދެމުން އަންނަ “މި ކިޔައިދެނީ” ވާހަކަ ޕްރޮގްރާމުގައި މުނިއަވަސް އޮންލައިންގައި ޝާއިޢުކުރި އެންމެ ދިގު ސިލްސިލާ ވާހަކަ “އެއްހާސް އަހަރު” ގެނެސްދެމުން އަންނަތާ މިހާރު މިވަނީ ދުވަސްކޮޅެއް ވެފައެވެ. މި ސީރީޒަށް އެހުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާރު ގެނެސްދެމުން ދަނީ މި ސީރީޒްގެ ދެވަނަ ސީޒަން އެވެ.

އެއްހާސް އަހަރު – ސީޒަން 2” ގެ ތިންވަނަ އެޕިސޯޑް ގެނެސްދީފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭގައެވެ.

@muniavas Now “EhHaas Aharu Series S02” on @DhivehiFM #DhivehiFM91 #MiKiyaidhenee #dhivehivaahaka @DhivehiFM @🌟𝔼𝕧𝕖 އިވްރީ 𝕄🌟 @Shamsu ❤️ ❤️ @axim @♥️👑 𝓠𝓾𝓮𝓮𝓷 👑♥️ @Saajidh A @MAALIK 796 @Sannu @Reysham☺︎︎ @Aishath Jaleel❤️ @Fathimath Shahudha @Radio_ADU📻🎧🇲🇻 @💕Zuhux💕 @Ahmed Annaarey Rasheed @Ahmed Rasheed @Ahmed Yasir @aishathshirani @eupeofficial @laina @MariyamNaXima @RitzLyrics @Shifaa @Sundharu @umarashfaq @Wind @Zaa IminatH @aachym @I Films mv @Kazmik @Dark Rain Entertainment ♬ original sound – MUNIAVAS

އެއްހާސް އަހަރު – ސީޒަން 2” ގެނެސްދެނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 10:00 ން 11:00 އަށް އަދި ރިޕީޓް ގެނެސްދެނީ ބުދަދުވަހުގެ ރޭ 11:00 ން 12:00 އަށެވެ.

“އެއްހާސް އަހަރު” މިއީ ދިވެހީންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް އުފެދުނު އޮންލައިން މަންސައެއް ކަމަށްވާ “މުރާސިލް”ގައި ގެނެސްދޭން ފެށި ވާހަކައެކެވެ. އޭގެ ފަހުން މި ވާހަކަ ގެނެސްދީފައިވަނީ މުނިއަވަސް އޮންލައިންގައެވެ. މުނިއަވަސްގެ އިތުރުންވެސް ރާއްޖޭގެ ވަރަށް ގިނަ އޮންލައިން ނޫސްތަކުގައިވެސް މި ވާހަކައިގެ ބައިތައް ޝާއިއުކޮށްފައިވެއެވެ.

“އެއްހާސް އަހަރު” ވާހަކައިގައި ކިޔައިދެނީ އެއްހާސް އަހަރުގެ އެސްފީނާއެއް ޖެހިފައިވާ ވެމްޕަޔަރަކާ ލ. އަތޮޅުގެ ރަށެއްގައި ދިރިއުޅެމުން ދިޔަ އަންހެންކުއްޖަކާ ދެމެދު ހިނގާ ކަންތައްތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.