ދިވެހި ފިލްމީ އުފެއްދުންތައް އުފެއްދުމުގައި އުމުރުން ކިތަންމެ ހަގަސް، ކޮލިޓީ އުފެއްދުންތަކެއް ގެނެސްދީފައިވާ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ‘އައިފިލްމްސް’ އިން، ފިލްމުކުޅެން ބޭނުންވާ އައު ފަންނާނުންތަކެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ. ހޮވެއްޔެއް (އޮޑިޝަނެއް) ބޭއްވުމަށް އާއްމުކޮށްފައިވާ އިޢުލާނު ޕޯސްޓަރުގައި ބުނެފައިވަނީ “ލޯބިން…؟”ގެ ނަމުގައި ތައްޔާރުކުރާ ފިލްމަކަށް މުޅިން އައު މޫނުތަކެއް ބޭނުންވާ ކަމަށެވެ.

“ލޯބިން…؟” އަކީ ‘އައިފިލްމްސް’، ‘އިންޖީނިއަސް ވިޝުއަލް ފެކްޓްރީ’ އަދި ‘ލައިޓްސް އައުޓް ޕްރޮޑަކްޝަން’ ގުޅިގެން އުފައްދާ ފިލްމެއް ކަމަށް މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސްއާ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވެއެވެ.

ހޮވެއްޔަށް އިޢުލާނުކޮށްފައިވާ ޕޯސްޓަރުގައި ބުނެފައިވަނީ މި ފިލްމަށް ބޭނުންވަނީ އުމުރުން 18 އަހަރުން މަތީގެ ފަންނާނުން ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 7242555 ނަންބަރަށް ވައިބަރު މެދުވެރިކޮށް އަންނަނިވި މަޢުލޫމާތުތައް ފޮނުވުމަށް ބުނެފައިވެއެވެ.

🎬 ނަން

🎬 އުމުރު

🎬 މީހާގެ މޫނު ރަނގަޅަށް ފެންނަ ފޮޓޯއެއް

🎬 އެކްޓިންއަށް ޝައުޤުވެރިވާ ސަބަބުން ކުރުކޮށް ބަޔާންކޮށް ޖުމުލައެއް

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.